[HEADER BANNER]
[AD]

ތެޔޮތާހަށް ހުސްއަތް ލައިގެން ތެލުލުމުގެ ހުނަރު ލިބިފައިވާ މީހެއް!

16 ޑިސެމްބަރު 2013 4

އިންޑިޔާގެ ރައްޔިތެއްކަމަށްވާ ޕްރޭމް ސިންގް 65 އަކީ ކެކިކެކިހުރި ތޮޔަތާހަކަށް އަތްބާނާގެން ތަކެތި ތެލުލުމުގެ ހުނަރު ލިބިފައިވާ މީހެކެވެ. މުސްކުޅި ދިއްލީ ސަރަހައްދުގައި ގަނޭޝް ރެސްޓޯރަންޓްގެ ނަމުގައި އޭނާގެ ބައްޕަ 1960 ހުގައި ހުޅުވި ރެސްޓޯރަންޓްގައި މަސައްކަތްކުރާ ޕްރޭމް ބުނާގޮތުގައި، އޭނާ 200 ޑިގްރީ ސެލްސިއެސްއަށްވުރެ ހޫނު ތެޔޮގަނޑަށް އަތްލާގެން ދުވަހަކުވެސް ފިހުންފަދަ ހާދިސާއެއް ދިމަލެއް ނުވެއެވެ. އޭނާ އެގޮތަށް އަތްބޭނުންކޮށްގެން ތެލުލާތާ މިހާރު 25 އަހަރު ވެފައިވާކަމަށް އޭނާ ބުނެއެވެ.

އެއީ ފަރިތަކޮށްގެން ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެއްކަމަށް ޕްރޭމް ބުނެއެވެ. ތެޔޮތާހަށް ހުސްއަތް ލައިގެން ތެލުލުން ފެށުނުގޮތާއި ބޭހޭގޮތުން އޭނާ ބުނެފައިވަނީ، އެއްދުވަހަކު އޭނާގެ އަތްތެޔޮތާހަށް ދިޔައީ ކަމަށާއި އެކަމުން އޭނާއަށް އެއްވެސް ގެއްލުމެއްނުވުމުން އެކަން ކުރަން ފެށީކަމުގައެވެ.

ޕްރޭމްގެ ހުނަރު ބަލާލަން ކޮންމެދުވަހަކުވެސް އޭނާގެ ރެސްޓޯރަންޓަށް އެތައްބަޔަކު ދެއެވެ. ޕްރޭމްސިންގް ބުނާގޮތުގައި އޭނާ ކޮންމެދުވަހަކުވެސް 100 ކިލޯއަށްވުރެ ގިނަ މަސް ތެލުލައެވެ.

 

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޖުޒާމް ބަލި ޖެހިފަ ހުރިމީހެއް ދޯ؟

– 17 ޑިސެމްބަރު 2013 2

25 އަހަރު ވަންދެން ޖުޒާމް ބަލި ޖެހިފަ.. ހަ ހަ ހާ

– 17 ޑިސެމްބަރު 2013 0

ޖުޒާމް ބަލި ޖެހުނީމަ، އިހުސާސް ނުވިއެއް ކަމަކު ހަންގަނޑު ފިހެން ވާނެ އެއްނު.

– 18 ޑިސެމްބަރު 2013 0

މިއީވެސް ﷲގެ ކުޅަދުންވަންތަކަން

– 20 ޖެނުއަރީ 2014 0