[AD]
ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
11 ޑިސެމްބަރު 2013
1
މިއަހަރުގެ ފެބުރުއަރީމަހު އިހަވަންދޫ ކައުންސިލުން، ގޯއްޗަށް އެދި ކުރިމަތިލުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށްއެދި ކުރިމަތިލާފައިވާ މީހުންގެ ލިސްޓް އާމުކޮށް އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަމީރު ސޮއެކޮށް މިމަހުގެ ނުވަވަނަދުވަހު ނެރެފައިވާ އިއުލާނުގައި ވާގޮތުން ކައުންސިލުން ނެރެފައިވާ ލިސްޓްގައި މައްސަލައެއް އޮތްނަމަ 7 ދުވަހުގެ ތެރޭގައި އެކަން އެންގުމަށް އެދިފައިވެއެވެ.
ޝަކުވާ ހުށަހެޅުމަށް ކައުންސިލުން އާމުކުރި އިއުލާނުގައި ހިމެނޭ ފަރާތްތަކުގެ އަދަދު 335 ކަށް އަރައެވެ. ނަމަވެސް ކައުންސިލުން ކުރިންނެރުނު ޤަރާރެއްގައި ވާގޮތުން އެ 335 ފަރާތުގެ ތެރެއިން ޝަރުތުހަމަވަނީ 248 ފަރާތެއްގެއެވެ.
ޚިޔާލު ފައުޅުކުރުން