[HEADER BANNER]
[AD]

ޝަރުތުހަމަވާ ކޮންމެ މީހަކަށް ގޯތިދިނުމަށް އިހަވަންދޫ ކައުންސިލުން އިޤުރާރުވެއްޖެ

29 ނޮވެމްބަރު 2013 0

އިހަވަންދޫ ކައުންސިލް އިދާރާ ފޮޓޯ: އިހަވަންދޫ ޑޮޓްކޮމް

މިއަހަރުގެ ފެބުރުއަރީމަހު އިހަވަންދޫ ކައުންސިލުން، ގޯއްޗަށް އެދި ކުރިމަތިލުމަށް ކުރި އިއުލާނާ ގުޅިގެން ގޯއްޗަށްއެދި ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވާ ކޮންމެ މީހަކަށް ގޯތިދިނުމަށް އިހަވަންދޫ ކައުންސިލުން އިޤުރާރުވެ ޤަރާރެއް ނެރެފިއެވެ. އިއްޔެ ނެރުނު އެޤަރާރުގައި ވާގޮތުން މިހާތަނަށް އެކައުންސިލުން މޯލްޑި ވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއާއި އެކިފަހަރު ކުރެވުނު މުއާމަލާތު ތަކުން މިހާތަނަށް އިހަވަންދޫން ދޫކުރުމަށް ހުއްދަ ލިބިފައިވަނީ 1600 އަކަފޫޓުގެ 100 ގޯއްޗެވެ.

ނަމަވެސް އިހަވަންދޫން ގޯތި ބޭނުންވެގެން ހުށަހަޅާފައިވާ 335 މީހުންގެ ތެރެއިން ޝަރުތުހަމަވާ 248 މީހުންތިބިއިރު މިކަމުގެ ސަބަބުން ގިނަބައެއްގެ ހައްޤު ގެއްލިގެންދާނެކަމަށް ކައުންސިލްގެ ޤަރާރުގައި ވެއެވެ. ޤާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ތަފާތުނުކުރުމަށާއި ރައްޔިތުންގެ މެދުަގައި ހަމަހަމަކަން ގާއިމްކުރުމަށް ލާޒިމް ކޮށްފައި ވާއިރު އަދި ހަމަ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ދަށުން ފޭރާމާއި ހިޔާވަހިކަން ރައްޔިތުނަށް ހޯދޭނޭމަގު ތަނަވަސް ކޮށްދިނުމަށް ދައުލަތަށް ލާޒިމް ކުރާއިރު، އަދި ރަށު ކައުންސިލް އިޙްތިޞާސް ތެރޭގައި ހިމެނޭ ސަރަހަށްދުގައި އިޖްތިމާއީ އަދާލަތު ޤާއިމް ކުރުމާއި، ރައްކާތެރި ވެއްޓެއް ހޯދާ ދިނުމާއި އިގްތިސާދީ އަދި އިޖްތިމާއީ ހައްޤުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ހުރިހާ މަސްއޫލިއްޔަތެއް ކައުންސިލުގެ ހަވާލުގައި ވީހިނދު، އެ އެންމެހާ ހައްޤުތައް ރައްޔިތުނަށް ފޯރުކޮށްދިނުމަކީ މި ކައުންސިލްގެ ވާޖިބަކަށް ވީހިނދު، މިރަށުން ގޯއްޗަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަަށް ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގައިވާ ގޮތުގެމަތިން ގޯތި ދޫކުރެވޭނެ ބިން އޮތްކަމަށް ކައުންސިލަށް ފެންނަ ހިނދު، ޝަރުތުހަމަވެ ގޯތި ހައްޤުވާ ކޮންމެ ރައްޔިތަކަށް ގޯތި ދިނުމަށް އިޤުރާރު ވާކަމަށް ކައުންސިލުން ނެރުނު ޤަރާރުގައި ވެއެވެ.

އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވަނީ މީގެ 6 އަހަރު ކުރިންނެވެ. އެފަހަރު ދޫކޮށްފައިވަނީ 1600 އަކަފޫޓުގެ ގޯއްޗެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ