[HEADER BANNER]
[AD]

ޗައިނާގެ އަންހެނަކު 6 ކިލޯގެ ކުއްޖަކު ވިހައިފި

25 ނޮވެމްބަރު 2013 2

ޗައިނާގެ އަންހެނަކު ބަރުދަނުގައި 6 ކިލޯ ހުރި ކުއްޖަކު ވިހައިފިއެވެ. މިއީ އާމުކޮށް ޗައިނާގައި ކުދިން އުފަންވާއިރު ހުންނަވަރަށްވުރެ ދެގުނަ ބަރު އަދަދެކެވެ.

އެކުއްޖާގެ މަންމަ ޗައިނާގެ ދައުލަތުގެ ޓީވީއާއި ވާހަކަ ދައްކަމުން އެކުއްޖާ އާދަޔާއި ހިލާފަށް ބަރުވި ސަބަބަކަށް ބުނެފައިވަނީ، އެކުއްޖާއަށް ބަނޑު ބޮޑުވިއްސުރެ އޭނާގެ ކުއެމުގައި ކިރާއި، ބިސް އަދި މޭވާ ގިނައިން ބޭނުންކުރުމެވެ.

އެކުއްޖާގެ ބަރުދަނުގައި 6 ކިލޯ ހުއްޓެއްކަމަކު މިއީ މިހާތަނަށް ޗައިނާގައި ވިހޭ އެއްމެ ބަރު ކުއްޖާއެއް ނޫނެވެ. މިދިޔައަހަރު ޗައިނާގެ ޒިންޒިއާން ސިޓީގައި ވިހެއި ޗުންޗުން ނަމަކަށް ކިޔާ ކުއްޖާގެ ބަރުދަނުގައި 7 ކިލޯ ހުއްޓެވެ.

ބަނޑުގަ އޮންނަ ކުއްޖާގެ ބަރުދަން ހުންނަންވާވަރަށްވުރެ ބަރުވުމަށްކިޔަނީ މެކްރޮ ސޯމިއާއެވެ. ސިއްހަތު ރަނގަޅު ކުދިން ވިހާއިރު އާއްމުކޮށް ހުންނާނީ 3.4–4.5 ކިލޯއެވެ. މެކްރޮ ސޯމިކް ކުދިން ލިބުމަށް މެދުވެރިވާ އެތައްސަބަބެއް ވެއެވެ. އޭގެތެރޭގައި ޖެނެޓިކް ސަބަބުތަކާއި މާބަޑުދުވަސްވަރު ހަކުރު މައްޗަށް ދިއުން ހިމެނެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތީދެން މިހާރު ވަރަށް އާމުކަމެއް

– 25 ނޮވެމްބަރު 2013 1

ވިހެއީތަ؟ ނޫނީ ސިޒޭރިއަން ހެދީތަ؟

– 26 ނޮވެމްބަރު 2013 0