ޤާރީ ޚަލީޤުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޙުކުމް ކޮށްފި

21 ނޮވެމްބަރު 2013 3

އިހަވަންދޫގެ ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރު ކުރި ވަފާ ޤުރުއާން ކްލާހުގެ ކުރީގެ މުދައްރިސް އަލްޙާފިޡް އަލްޤާރީ ސައްޔިދު ޚަލީޤުގެ މައްޗަށް ކުރެވުނު ކުޑަ ކުއްޖަކާ އެކު ގަދަކަމުން ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ޙުކުމް ކޮށްފި އެވެ.

ހއ. އުލިގަން މެޖިސްޓްރޭޓް ކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނަނީ ޚަލީޤުއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

އިހަވަންދޫޑޮޓްކޮމް އަށް ވަރަށް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލާގައި ހެކިންގެ ގޮތުގައި ޚަލީޤުގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ އާއި އޭނާގެ އާއިލީ ބައެއް މެމްބަރުން ވެސް އޭނާ އާ ދެކޮޅަށް ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ. މިގޮތުން އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ވެސް ވަނީ އޭނާ އަށް ޖިންސީ ގޯނާ ކުރިކަމަށް ދައުލަތުން ބުނާ ބުނުމަށް އިންކާރުކޮށްފަ އެވެ. އަދި އެ ކުއްޖާގެ އާއިލީ މެމްބަރުން ވަނީ އެ ފަދަ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ.

ޚަލީޤަކީ އިހަވަންދޫ ރައްޔިތުންގެ ވަރަށް ބޮޑު އިޙްތިރާމަކާ ލޯތްބެއް ލިބިފައިވާ ފަރާތެކެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާ އެކު ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާ އެކު މިހާރު އޭނާ މަސައްކަތް ކުރަނީ އުލިގަމުގަ އެވެ.

ބަދުއަޚްލާޤީ މައްސަލަ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރަނގަޅު. ދައުލަތުގެ މައްޗަށް އަބުރުގެ ދަޢުވާ ކުރަން ފެނޭ.

– 21 ނޮވެމްބަރު 2013 2

އިސްލާމް ދީނަށް ނަސްރު ލިބުނީ

– 22 ނޮވެމްބަރު 2013 2

ތިދެން ހާދައެހެންކަހަލަ ކަމެކޭ!

– 23 ނޮވެމްބަރު 2013 0