[HEADER BANNER]
[AD]

170 ޑޮލަރުގެ އަގުހުރި ފައިސާތަކެއް ކާލި މީދަލަކަށް އަދަބު ދީފި

30 ސެޕްޓެމްބަރު 2013 0

މީދާ ކާލި ފައިސާތަކުގެ ބައެއް. (ކ) މީދަލަށް އަދަބު ދީފައި. (ވ) ފޮޓޯ: ގަލްފު ނިއުސް

ރާމުއްލާ: ފަލަސްތީނުގައި ދިރިއުޅެމުންދާ މީހެއްގެ ފައިސާތަކެއް ކާލި މީދަލެއްގެ ހަތަރެސްފައި ބަނދެ ހޮޅިއެއްގައި އައްސައި އަދަބު ދީފިއެވެ.

ގަލްފުނިއުސް ގައި ރިޕޯރޓުކޮށްފައިވާ ގޮތުގައި މިކަން ކޮށްފައި ވަނީ ވެސްޓު ބޭންކުގެ ހެބުރޫން އަށް ނިސްބަތްވާ ރައްޔިތެކެވެ. ނަމަވެސް މިވަގުތު އޭނާ ދިރިއުޅެމުން ދަނީ ފަލަސްތީނުގެ ގާޒާގައި ކަމަށް ވެއެވެ. އެ ފައިސާތައް މީދާ ކާލީ އެމީހާ ދިރިއުޅޭ ގޭގެ ތަނެއްގައި ރައްކާކޮށްފައި ހުއްޓާކަމަށް ރިޕޯރޓުތައް ބުނެއެވެ.

ގަލްފުނިއުސް އިން ރިޕޯރޓުކޮށްފައިވާ ގޮތުގައި މީދާ ކާލާފައި ވަނީ އިސްރާއިލް ފައިސާގެ 3 ނޫޓެވެ. އެއީ 200 އިސްރާއިލް ޝެކުލްގެ 3 ނޫޓެވެ. ޖުމުލަ 600 އިސްރާއިލް ޝެކުލްގެ އަފު 170 ޑޮލަރަށް އަރާކަމަށް ވެއެވެ. އެމީހާ  މީދާ ހިފާފައި ވަނީ ފައިސާތައް ރައްކާކޮށްފައި ހުރި ތަނުން ކަމަށް ވެއެވެ. އަދި އެމީހާ ވަނީ މީދާ ހިފާ ހަތަރެސްފައި ބަނުމަށްފަހު ފޮޓޯ ނަގާ އަދި އެ ފޮޓޯ ފޭސްބުކަށް އަޕްލޯޑް ވެސް ކޮށްފައެވެ. ނަމަވެސް މީދަލަށް ފަހުން ހެދި ގޮތެއް ސާފެއް ނުވެ އެވެ.

އެމީހާ އެގޮތަށް ކަންތައް ކޮށްފައިވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އިގުތިސާދީގޮތުން ދަތި ދުވަސްތަކެއް ވޭތުކުރަމުންދާ ދުވަސްވަރެއްގައި އެމީހާއަށްވެސް ކުރިމަތިވެފައިވާ ފައިސާގެ ދަތިކަމާއެކު، މިފަދަ ދަނޑިވަޅެއްގައި އޭނާގެ ފައިސާތައް މީދާ ކާލުމުން އެކަމާ ރުޅިއައިސްގެން ކަމަށް ޚަބަރުތައް ބުނެއެވެ. (ގަލްފު ނިއުސް)

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ