[HEADER BANNER]
[AD]

މަންމައާއި ކުޑަދަރިފުޅު - 7 ވަނަ ހަފުތާ

13 އޮގަސްޓު 2013 0

ބަނޑަށް 7 ވަނަ ހަފުތާގައި، ދަރިފުޅުގެ ބޮޑުމިނުގައި ހުންނާނީ ގާތްގަނޑަކަށް 5 ސެންޓިމީޓަރެވެ.

 

ދަރިފުޅު:

ބޮޑު ޚަބަރަކީ، މިހަފުތާގެ ތެރޭގައި ދަރިފުޅުގެ އަތްފައިގެ އުފެދުން ފުރިހަމަވާން ފަށައެވެ. އަތްފައިގެ ސިފަ ފެންނަން ފަށައެވެ. އެހެން ނަމަވެސް، ސީދާ އަތްތިލަޔާއި ފައިތިލައިގެ ނިޝާން ފެންނާން ނުހުންނާނެއެވެ. ހަގީގަތަށް ބުނަނީނަމަ އަދިވެސް، ސީދާ އިންސާނީ ސޫރަ ދަރިފުޅުގެ ގައިން ސިފަވެގެން ނުދާނެއެވެ. ދަރިފުޅުގެ ފުރަގަހުން ނަގުލެއް ސިފަވަމުން ދާނެއެވެ. ނަމަވެސް، ނުހަނު މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ނަގޫ ކުޑަވަމުން ކުޑަވަމުން، އެއްކޮށް ފުހެވިގެންދާނެއެވެ. އާއެކެވެ. ދަރިފުޅުގެ ގައިން ކުޑަވެގެން ދާނެ ހަމައެކަނި ބަޔަކީ މިއީއެވެ. ދަރިފުޅު ދުވަހެއް ދުވަހަކަށް ދާނީ ބޮޑުވަމުންނެވެ. މިދުވަސްވަރު ދަރިފުޅުގެ ބޮޑުމިނުގައި ހުންނާނީ، ގާތްގަނޑަކަށް 50 މިލިމީޓަރެވެ. ނުވަތަ 5 ސެންޓިމީޓަރެވެ.

ދަރިފުޅުގެ އެތެރެހަށީގެ ގިނަގުނަންތަކެއް 7 ވަނަ ހަފުތާގެ ތެރޭގައި އުފެދި މަސައްކަތް ފަށާގަނެއެވެ. ދަރިފުޅުގެ ނޯށާއި، ލޮލުގެ ބޮނޑިއާއި، ޖިސްމެއާއި، ސިކުނޑީގެ ބައެއް ބައިތަކާއި، އެޕެންޑިސް އަކީ މީގެތެރެއިން ފާހަގަ ކޮށްލެވޭ ބައިތަކެވެ.

މަންމަ:

މިދުވަސްވަރުގައި ތިބާއަށް އިހުސާސްވެ އަދި މަރުޚަބާ ކިޔަންފަށާ އެއްކަމަކީ، (morning sickness) ހެނދުނުގެ ބައްޔެވެ. ހެނދުނު ގަޑީގައި މޭބޮޑުވެފައިހުރުމާއި، ހޮޑުލަވާގޮތްވާނެއެވެ. (މިއިން ކަމެއް އިޙްސާސް ނުވިއަސް ހާސް ނުވާށެވެ.) ކުރިއަށް ވުރެ ބޮޑަށް އަވަސް އަވަހަށް ކުޑަކަމުދާންޖެހޭނެއެވެ. ބަނޑުގެ ތެރޭގައި ދަރިފުޅު ބޮޑުވަމުން ދިޔަވަރަކަށް ކުޑަކަމުދާންޖެހުން އަވަސްވަމުން އަވަސްވަމުންދާނެއެވެ. މިގޮތަށް ދިމާވަނީ ތިބާގެ މަސާނާ (Bladder) ފިތޭތީއެވެ.

މިދުވަސްވަރަކީ، ދަރިފުޅަށް މަންމަގެ ލޭ ވަރަށް މުޙިއްމު ދުވަސްވަރެކެވެ. ދަރިފުޅުގެ ކާނާ ކަމުގައިވަނީ މަންމަގެ ލެޔެވެ. ދަރިފުޅުގެ ފޫޅުދަނޑީގެ (umbilical cord) ތެރެއިން ލާފައި މަންމަގެ ލޭ ދަރިފުޅުގެ ގަޔަށް ވާސިލްވަމުންދާނެއެވެ. ދަރިފުޅު ހެދި ބޮޑުވުމަށް ބޭނުންވާ ކާނާއަކީ މިއީއެވެ.

އެހެންކަމުން ތިބާގެ ގައިގާ ލޭޖައްސާދޭ ކާނާ ކެއުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެގޮތުން ބަލާއިރު، ފެހިކުލަގަދަ ފަތަކީ ވަރަށްމުޙިއްމު އެއްޗެކެވެ. ރާއްޖެއިން ލިބެން ހުންނަ ކާނާ ތަކުގެ ތެރެއިން ރަތްކޭލަކީ ގައިގާ ލޭ ޖެއްސުމަށް އެންމެ މުޙިއްމު ދައުރެއް އަދާ ކޮށްދޭނެ ކާނާއެވެ. މިދުވަސްވަރު މަދުވެގެން، ދުވާލަކު 4 ވައް ދޮންކެޔޮ ކެޔުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ބާޒާރުން ލިބެން ހުންނަ ބުއިންތަކުގެ ތެރެއިން ރައިބީނާ އަކީ، ލޭޖެއްސުމަށް ހާއްސަ ބުއިމެކެވެ. ރައިބީނާ ނޫނަސް ބުލެކު ކަރަންޓު ޖޫހާއި، މޭބިސްކަދުރު ޖޫހަކީ، ހަށިގަނޑުގައި ލޭ ޖައްސައިދޭ ޖޫހެކެވެ.

[BOTTOM CONTENT BANNER]
މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ