[HEADER BANNER]
[AD]

ރިޔާސީ ޕޯލް ރީސެޓް ކުރުމަށްފަހު އަލުން ހުޅުވާލުން

7 އޮގަސްޓު 2013 13

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިންގެ ތާޢިދު އޮތް ކެނޑިޑޭޓެއް ބެލުމުގެ ބޭނުމުގައި އިހަވަންދޫޑޮޓޮކޮމްގެ ފަރާތުން މީގެ 4 ދުވަސް ކުރިން ހުޅުވާލެވުނު ޕޯލް މިރޭ 7:25 ހުން ފެށިގެން އަލުން ރިސެޓުކޮށް ހުޅުވާލައިފީމެވެ.

މިގޮތަށް ޕޯލްގެ ނަތީޖާ ރިސެޓު ކުރަން ޖެހުނީ ޕޯލް ލެވިފައިވާ ގޮތުން އެއްކޮމްޕިއުޓަރަކުން އެއްފަހަރަށްވުރެ ގިނަ ފަހަރަށް ޕޯލް އަށް ވޯޓުދެއްވާ ކަމަށް ފާހަގަ ކުރެވުމާއި އެކު އަޅުގަނޑުމެން ޕޯލް ހުޅުވާލި މައިގަނޑު މަޤުޞަދު ހާސިލް ނުވާނެ ކަމަށް ފެންނާތީ އެވެ.

އިހަވަންދޫޑޮޓްކޮމް އިން ހުޅުވާލި ޕޯލް އާއި އެކު އިހަވަންދޫޑޮޓްކޮމް އަށް ލިބިގެންދިޔަ ހިޓްސްގެ ޢަދަދު އެތައް ގުނައެއް އިތުރުވެގެން ދިޔަކަން ފާހަގަ ކުރެވެއެވެ. ކިޔުންތެރިން ޕޯލް އަށް ދެއްވި ތަރުޚީބަށް ޝުކުރުއަދާކުރަމުން އަޅުގަނޑުމެން މިފަހަރު މިހުޅުވާލި ޕޯލް އަށްވެސް އެފަދަ ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.

ކުރީގެ ޕޯލްގައި ކޮންމެ ދުވަހަކު އެއްފަހަރު ޕޯލް އަށް ވޯޓު ދެއްވޭ ގޮތަށް އިންނަމަވެސް، މިފަހަރުގެ ޕޯލްގައި ކޮންމެ ކޮމްޕިއުޓަރަކުންވެސް ވޯޓު ލެވޭނީ އެއްފަހަރު އެވެ.  

އަޅުގަނޑުމެން މިހުޅުވާލި ޕޯލް ބަންދުކުރުމަށް ނިންމާފައިވާ ތާރީޚަކީ 5 ސެޕްޓެމްބަރ 2013 ވާ ބުރާސްފަތި ދުވަހުގެ މެންދަމު 12:00 އެވެ.

މިއަދު ޕޯލް ރިސެޓު ކުރުމާ ހަމައަށް އެއް ކޮމްޕިއުޓަރަކުން "ކެޗް" ކުލިއަރ ކޮށްގެން ތަފާތު އެތައް ފަހަރަކު ވޯޓު ދީފައިވާކަން ފާހަގަ ކުރެވެއެވެ. ޕޯލް ރިސެޓު ކުރުމާ ހަމައަށް ވޯޓު ލިބިފައިވާ ގޮތަކީ:

  1. ޤާސިމް އިބުރާހިމް : 20696
  2. ވަޙީދު ހަސަންމަނިކު: 9
  3. ޢަބުދުﷲ ޔާމީން: 2540
  4. މުޙައްމަދު ނަޝީދު : 9046

 

[BOTTOM CONTENT BANNER]
ރިޔާސީ އިންތިޚާބު 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޤާސިމް އިބުރާހިމް އަށް ލިބެމުންދިޔަ ތާއިދު ފެނުނީމަ ކެތްނުވީދޯ؟ ތަރައްޤީ ގައިމް ކުރަން ބޭނުން ނަމަ ޤާސިމް އަށް ވޯޓު ދެއްވާ.

– 7 އޮގަސްޓު 2013 7

މީ ޓެކުނޮލޮޖީގެ ޒަމާން. ކޮންމެ ކޮމްޕިއުޓަރަކުންވެސް ވޯޓު ލެވޭނީ އެއްފަހަރުއޭ ބުންޏަސް ވީ ހޭވް އަދަރ ވޭސް،

– 7 އޮގަސްޓު 2013 5

އެއްބުރުން ނަޝީދު ހޮވުމަށް މަސައްކަތް ކުރުމަށް ހުރިހާ އެންމެނަށް ގޮވާލަން

– 7 އޮގަސްޓު 2013 8

ތިޔަ ވޯޓިން ސިސްޓަމެއް ކަމަކު ނުދޭ!! މި ކޮމްޕިއުޓަރުން އަދި އެންމެ ވޯޓެއްވެސް ނުދެން. އެކަމު އަރަނީ ވޯޓް ދީފިއޭ!! މުޅިން ގޯސް.

– 7 އޮގަސްޓު 2013 1

ރިސެޓް ކުރުމުގެ ކުރިން ވޯޓް ދިން އެއްވެސް ކޮމްޕިއުޓަރ އަކުން މިހާރު ވޯޓެއް ނުދެވެ

– 8 އޮގަސްޓު 2013 0

މަ މިވަދީ އަދި އަލަށް. ވޯޓެއް ނުދެވުނު. އަރަނީ އެއްފަހަރު ވޯޓު ދީފިއޭ. މަގޭ ލެޕުން މަށަަށް ނޭނގި ކާކު ވޯޓު ދިނީ؟

– 8 އޮގަސްޓު 2013 0

އަޅުގަނޑު ކުރީގެ ޕޯލަށް ވޯޓު ދިނިން ފަހުގެ ޕޯލަށް ވޯޓު ދޭން މަސައްކަތް ކުރުމުން ބުނީ، އެއް ފަހަރު ވޯޓު ދީފައޭ... ފޭކު

– 8 އޮގަސްޓު 2013 0

ކޮބާ މަގޭ ވޯޓު؟ ދެވަނަ ބުރުގައި ވޯޓެއް ނުދެވުނޭ...

– 8 އޮގަސްޓު 2013 0

މިފަހަރު މިއީ އަންނި އަށް ހެޔޮވަރުކޮށް ފަހާފައިވާ ކޯޓެއް...

– 8 އޮގަސްޓު 2013 1

މާނިއު ބޭނުންވާ ގޮތަށް ޕޯލް ކުރިއަށް ނުދާތީ ސިސްޓަމް މައްސަލައަކަށް ހެދީ. ތިއީ ރީދޫ ހުން ޖެހި ތަޤައްޔަރުވެފަ ތިބި ބައެއް. ދުވަހަކުވެސް ރަށަކަށް ހެޔޮ ނޭދޭނޭ. އަބަދުވެސް އަމިއްލަ އެދުމާއިގެން ކުރިއަށް ދަނީ

– 8 އޮގަސްޓު 2013 5

ނެޓުވޯކު ތަކުގަ ހުންނަ ކޮމްޕުން ވޯޓެއް ނުދެވެ. ހުރިހާ ކޮންޕެއްގަ ހުންނަނީ އެއް އައިޕީ.. ހައްލުކޮށްދީބަލަ..

– 8 އޮގަސްޓު 2013 0

ޕޯލް ކުރިޔަށް ދިޔައީ ބަޔަކު ހެކުކޮއްގެން ބަލަން ބަލަން ހުއްޓާ ނަމްބަރުތައް އަރާގެދެން ދިޔައީ!

– 9 އޮގަސްޓު 2013 0

މިހާރު ތިއަ ހެދިގޮތުން އެއްފަހަރުވެސް ވޯޓް ނުދެވުނު.........

– 14 އޮގަސްޓު 2013 0