އައިމަނު ބަންދުން ދޫކޮށްލީ ރަނގަޅަށް: ހައިކޯޓު


އިހަވަންދޫ މަދަރުސާގެ ދަރިވަރުންތަކެއް

17 އަހަރުގެ "ކުޑަކުއްޖަކާމެދު ގަދަކަމުން ބިރުދައްކައިގެން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ" ތުހުމަގައި މި އަހަރު އޭޕްރީލްމަހު ފުލުހުން ހައްޔަރު ކުރި ހއ. އިހަވަންދޫ / ޅޮސްމާގެ، ޙުސައިން އައިމަން ބަންދުން ދޫކޮށްލާފައި ވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލަކާވިޔަސް ޚިލާފަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފި އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލެވި ނިޔާ ކަނޑައެޅުނު މި ޤަޟިއްޔާ އަކީ ޙުސައިން އައިމަންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤު ނިމިފައި ވާތީ އާއި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ބުނެ 23 މެއި 2013 ވަނަ ދުވަހުން ފެށިގެން އޭނާ ބަންދުން ދޫކޮށްލުމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅައި އަމުރުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި، ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަކުން ޢަމަލު ކުރުމުގެ ޤާނޫނާއި، "ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު"ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތް ނުކޮށް ކަމަށް ފެންނާތީ ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހެޅި އިސްތިޢުނާފީ މައްސަލައެކެވެ.

މި މައްސަލަ ނިންމުމުގައި ހައިކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅުއްވާފައި ވަނީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ޙުސައިން އައިމަން ދޫކޮށްލުމަށް ކުރި އަމުރަކީ ބުނެވިދިޔަ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ނެރެފައިވާ ޢަމުރެއްކަމަށް ބެލެވޭނެ ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

"ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި މިވާ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު (ޤަޟިއްޔާ ނަންބަރު) ކޯޓު އަމުރަކީޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށްމިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ." ހައިކޯޓުގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ ރިޕޯޓުގައިވެ އެވެ.

ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އައިމަން މީހަކާ ދެވުމަށް ތުޑު އަޙުމަދަށް އެދެން. ނޫނީ އޭނަ ރޯދަޔަށް ބަހަށްޓަ

– 6 ޖުލައި 2013 0