[HEADER BANNER]
[AD]

އިންސީންގެ ޖިންސީ ސިކުނޑީގެ ވާދަ

ސިކުނޑިއަކީ މާތް ރަސްކަލާންގެ މި ބިންމަތީގައި ޚަލްޤުކުރެއްވި އެހެން މަޚުލޫޤުންތަކަށް ވުރެ އިންސާނާ ބޮޑުވެ މާތްވުން ބިނާވި ހަމައެކަނި ވަޞީލަތެވެ. ޙައިވާނުންގެ ދަރަޖައިން ސަލާމަތްވުމަށް މިންވަރުކުރެއްވި ރަމްޒެވެ. އިންސާނީ މެޝިނުގެ ފުލު ސޯބަކީ އެއީ އެވެ. އިންސާނާ އިންސިއަކަށް ވުމުގެ ހުރިހާވެސް ބާރެއް އެކުލެވިގެންވާ އެއްޗަކީ އެއީ އެވެ.

މި ބިންމަތީގައި ލެއްވި ކޮންމެ މަޚުލޫޤެއްގައި ވެސް ޖިންސު މާތް ރަސްކަލާންގެ ޚަލްޤު ކުރެއްވި އެވެ. އަދި ޖިންސުގެ މެދުގައި ޤުދުރަތީ ތަފާތުތައް ވެސް ޖެއްސެވި އެވެ. އިންސީންގެ ތެރޭގައި ވެސް ކަން އޮތީ މި ޤުދުރަތްތެރިކަމުގެ މަތީގަ އެވެ.

ސިކުނޑިއަކީ އިންސާނާގެ ފަށަން ކަމުގައި ވީހިނދު، ފިރިހެން އިންސި އާއި އަންހެން އިންސީގެ ކިބައިގައި ހުރި ޤުދުރަތުގެ ތަފާތު ބިނާވެފައިވާ އެންމެ އަސާސީ މައިދާނަށް ވާނީ މިދެންނެވި ސިކުނޑިކަން ކަށަވަރެވެ. ވީމާ އިންސީންގެ ޖިންސީ ސިކުނޑީގައި ހުރި ތަފާތުތައް ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް އިންސާނުންގެ ޖިންސުގައި އުފެދިފައިވާ ވާދަ ވެރިކަމާ އެކުގަ އެވެ. މިފަދަ ދިހަ ތަފާތެއް ބަޔާންކޮށްލަން ކަމަށެވެ.

1- ގުނަ ހަރަކާތް

އަންހެން ސިކުނޑީގެ އެންމެ ޚާއްޞަކަމަކީ ގުނަ ހަރަކާތް އެއްފަހަރާ ހިންގުމުގެ ސިފަ އެވެ. އަންހެން ސިކުނޑި ބައްޓަން ކުރެވިފައި ވަނީ އެއްފަހަރާ އެއް ވަގުތެއްގައި އެތައް ކަމެއް ކުރެވޭ ގޮތަށެވެ. ޓީވީ އަށް ސަމާލުވަމުން، ފޯނުން ވާހަކަ ދައްކަމުން، ކައްކާލުމަކީ އަންހެން ސިކުނޑިއަށް އެއްވެސް ކަމެއް ނޫނެވެ.

ނަމަވެސް އެއްވަގުތެއްގައި ފިރިހެން ސިކުނޑިއަށް ކުރެވޭނީ ހަމަ އެންމެ ކަމެކެވެ. ފިރިހެން ސިކުނޑި ބައްޓަން ކުރެވިފައި ވަނީ އެއް ވަގުތެއްގައި އެންމެ މަސައްކަތެއް ކުރެވޭ ގޮތަށެވެ. ޓީވީ އަށް ސަމާލުވަމުން ފޯނުން ވާހަކަ ދެއްކުމަކީ ފިރިހެން ސިކުނޑި އަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ފޯނުން ވާހަކަ ދައްކާ ނަމަ ފިރިހެން ސިކުނޑި އަށް ޖެހެނީ ޓީވީ މަތިން ހަނދާން ނައްތާލާށެވެ. ފިރިހެން ސިކުނޑިން ޓީވީ ބެލިދާނެ އެވެ. ފޯނުން ވާހަކަ ވެސް ދެއްކި ދާނެ އެވެ. އަދި ކިއެއްތަ ކެއްކި ވެސް ދާނެ އެވެ. ނަމަވެސް ތިންކަން ވާނީ ތިންފަހަރު މަތިންނެވެ.

2- ބަސް

ތަފާތު ގިނަ ބަސްތައް ދަސްކުރުމަކީ އަންހެން ސިކުނޑި އަށް ވަރަށް ފަސޭހަކަމެކެވެ. އެހެނަސް ބަހެއް ދަސްކުރުމަކީ ފިރިހެން ސިކުނޑި އަށް ވަރަށް ދަތި ކަމެކެވެ. ދެރަކަމަކީ އަންހެން ސިކުނޑި މާ އަވަހަށް ގޮތް ހުސްވާތީ އެވެ. ފިރިހެން ސިކުނޑި މަދު ފަހަރަކު ނޫނީ ގޮތެއް ހުހެއް ނުވާނެ އެވެ.

އުމުރުން 3 އަހަރުގެ ފިރިހެން ސިކުނޑިއަށް ވުރެ ހަމަ އެ އުމުރުގެ އަންހެން ސިކުނޑި އަށް މާދަރީ ބަހުގެ ލަފްޒުތައް ދަސްވެފައި ހުންނަ މިންވަރު އާންމުގޮތެއްގައި 3 ގުނަ އިތުރުކަން ސާބިތުވެ އެވެ.

3- ތަހްލީލު

ފިރިހެން ސިކުނޑީގެ ވަރަށް ބޮޑު ޖާގައެއް ތަހްލީލީ މަސައްކަތްތައް ތަހައްމަލް ކުރުމަށް ހުސްކުރެވިފައިވެ އެވެ. ވަޒަންކުރުމާއި، މިންކުރުމާއި، ހައްލު ހޯދުމުގެ އިޖުރާޢަތުގެ ތެރެއިން ބޮޑު ޢިމާރާތެއް ޑިޒައިންކޮށް މެޕެއް ކުރަހާލުމަކީ ފިރިހެން ސިކުނޑި އަށް އެހާ އުނދަގޫ ކަމެއް ނޫނެވެ.

ނަމަވެސް އަންހެން ސިކުނޑިއަށް އޮޅުންބޮޅުން ގިނަ މެޕެއް ނަގާގަތުމަކީ ވަރަށް ދަތިކަމެކެވެ. އަދި މިފަދަ ކުރެހުމެއްގެ ތަފްޞީލްތައް ދެނެގަތުމަކީ އަންހެން ސިކުނޑި އަށް އެހާމެ އުނދަގޫ ބޮޑު ކަމެކެވެ. އަންހެން ސިކުނޑި އަށް މި ފަދަ މެޕް ސިފަ ވާނީ ކަރުދާހުގައި ގޮތެއްފޮތެއް ބެލުމެއް ނެތި އަޅާފައި ހުންނަ ރޮނގުތަކެއް ގޮތުގަ އެވެ.

4- ދުއްވުން

ފިރިހެން ސިކުނޑީގައިވާ ބޮޑު ތަހްލީލް ޖާގަތައް ކާރު ސައިކަލް ފަދަ އުޅަނދު ފަހަރު ދުއްވުމުގައި ވަރަށް ބޮޑަށް ބޭނުންކުރެ އެވެ. ބާރަށް އުޅަނދު ދުއްވާލުމަކީ ފިރިހެން ސިކުނޑި އަށް ފަސޭހަ އަދި ހިތްގައިމު ކަމެކެވެ. އުޅަނދުގެ ދުވެއްޔާއި މިޝްރާބަށް ރިޢާޔަތްކޮށް މާދުރުން ފެންނަ އެއްޗިއްސަށް ސަމާލުވަމުން އުޅަނދުގެ ދުވެލި ސާދާ ހަލުވި ކަމާއެކު ހިނދުން ހިނދަށް ކުރިޔަށް ގެންދިއުމަކީ ފިރިހެން ސިކުނޑި އަށް މާ އުނދަގޫ ކަމެއް ނޫނެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތައް ހަނދާން ނައްތާލުމަށް ފަހު ފިރިހެން ސިކުނޑި ސީދާ ހުސްވެގެން އިންނަނީ ހަމައެކަނި ދުއްވުމަށެވެ.

އެހެނެއްކަމަކު އުޅަނދުގެ ދުވެއްޔާއި މިޝްރާބަށް ރިޢާޔަތްކޮށް ދުރުން ފެންނަ އެއްޗިއްސަށް ސަމާލުވުމަށް އަންހެން ސިކުނޑި އަށް ގިނައިރުތަކެއް ހޭދަކުރަން ޖެހެ އެވެ. މިހެންވެ ބާރު ދުވެލީގައި އުޅަނދު ކުރިއަށް ގެންދިއުމަކީ އަންހެން ސިކުނޑި އަށް ވާވަރުގެ ކަމެއް ނޫނެވެ.

5- ދޮގުހެދުން

އަންހެން ސިކުނޑިއާ ހަތަރު ކަޅި ހަމަކޮށް ފިރިހެން ސިކުނޑި އަށް ދޮގެއް ހަދާލުމަކީ ލާހިކު ކަމެއް ނޫނެވެ. ހަދައިފިތަ ހުއްޓުން އަރައި، ބޭޒާރު ވާނެ އެވެ.

އާދަޔާ ޚިލާފު ޤުދުރަތީ އަންހެން ސިކުނޑި އަށް ޚާއްޞަ ބާރުތަކެއް ލިބިގެންވެ އެވެ. އަންހެން ސިކުނޑިއާ މުޚާތަބުކުރެވޭހިނދު، ޚަތީބުގެ މޫނުމަތީ އަސަރުތަކުގެ ހަތްދިހަ އިންސައްތަ، ހަށިގަނޑުން އިއްވާ އަޑުގެ 20 އިންސައްތަ އަދި އަނގައިން ބަސް ނިކުންނަ ގޮތުގެ ދިހަ އިންސައްތަ އަންހެން ސިކުނޑިން ދެނެގަނެ އެވެ. މިއީ ފިރިހެން ސިކުނޑި އަށް ލިބިގެންވާ ސިފައެއް ނޫނެވެ.

ދަންނަވަންތޯ ފިރިހެން ސިކުނޑިއާ ހަތަރުކަޅި ހަމަކޮށްގެން ދޮގެން ހަދާލުމަކީ އަންހެން ސިކުނޑި އަށް ފެން ފަދަ ކަމެކެވެ. އެއްވެސް ކަމެއް ނޫނެވެ. ވީމާ އަންހެން ސިކުނޑިތަކާ މެދު ސަމާލުވާށެވެ.

6- ހައްލުކުރުން

ފިރިހެން ސިކުނޑީގައި މައްސަލަތަކެއް ފުނިޖެހިއްޖެނަމަ، އެ މައްސަލަތައް ދެނެގަނެ ވަކިވަކިކޮށްލުމަށް ފަހު، ފަހަރަކު މައްސަލައަކަށް ހައްލު ހޯދަ އެވެ. ފިރިހެން ސިކުނޑީގެ އަހުލުވެރިން ބައެއްފަހަރު ކަންކަމަށް ގެއްލި ހުއްޓުން އަރާފައި އެ ތިބެނީ އެ މަސައްކަތުގަ އެވެ.

އަންހެން ސިކުނޑީގައި މައްސަލަތަކެއް އުތުރިއަރާނަމަ، އެ މައްސަލަތައް ވަޒަންކޮށް ދެނެގަނެ ހައްލު ހޯދުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. އެ ޙާލަތުގައި އަންހެން ސިކުނޑި އެދެނީ އެ މައްސަލަތައް އެހެން ސިކުނޑިއަކަށް ވާޞިލްކޮށް، އަޅާލުމާއެކު އެ މައްސަލަތަކުގެ އަޑު އެހުމަށެވެ. އެކަން ކުރެވިއްޖެ ނަމަ އިސާހިތަކު އަންހެން ސިކުނޑި އަށް އުފާވެރިކަން ވެރިވާނެތެވެ. ހިތްހަމަ ޖެހިގެން އެނދުގައި ކަންނެތް ވެލާނެތެވެ. އެ މައްސަލަތަކަށް ހައްލެއް ނުލިބުނަސް ވެހެވެ.

7- ބޭނުންވުން

ފިރިހެން ސިކުނޑީގެ ހުރިހާވެސް އުންމީދަކީ އަދި ބޭނުމަކީ ވެސް ކުރިއަށް ގޮސް ހައްލު ހޯދައި ބުރަ ބިޔަ ބޮޑެތި ކަންކަމުގެ ތެރެއިން ކާމިޔާބު ހޯދުމެވެ. ނުވަތަ މި ނޫންވެސް މި ޒާތުގެ ކަންކަމެވެ. އަންހެން ސިކުނޑި އެދެނީ ގުޅުންތެރިކަމާއި، ރަޙްމަތްތެރިކަމާއި، ޢާއިލާ އަދި އަޅާލުންތެރިކަމެވެ. ނުވަތަ މިފަދަ ކަންކަމެވެ.

8- އުފާ

ގުޅުންތެރިކަމާމެދު އަންހެން ސިކުނޑި ހާސްވެފައިވާ ނަމަ، މަސައްކަތަށް އެއްވެސް ސަމާލުކަމެއް ނުދެ އެވެ. މަސައްކަތާމެދު ފިރިހެން ސިކުނޑި ކަންބޮޑުވެފައިވާ ނަމަ، ގުޅުންތެރިކަމަށް އެއްވެސް އަޅާލުމެއް ނުބަހައްޓަ އެވެ.

9- ބަސްބުނުން

އަންހެން ސިކުނޑި ބަސް ބުނަނީ ނުސީދާކޮށެވެ. ދިޔުޅި ވަރަށް ދިގު ކުރާނެ އެވެ. ކިތަންމެ އިރެއް ވާންދެން ވެސް ވަށާ ބުރުޖަހާފާނެ އެވެ. ތަފާއްޔަކަށް ނާރާނެ އެވެ. ފިރިހެން ސިކުނޑި ބަސް ބުނަނީ ސާފު ސާދާ ކޮށެވެ. ހުއްޓި ހުންނާނީ ސީދާ ތަފާލި މެދުގަ އެވެ.

10- ޖަޒުބާތު

ޖަޒުބާތީ ޙާލަތުގައި އަންހެން ސިކުނޑި ވިސްނުމެއް ނެތި ގިނަ ބަސް ބުނެ އެވެ. އެ ފަދަ ޙާލަތުގައި ފިރިހެން ސިކުނޑިން ޢަމަލުތައް ގިނަ ކުރެ އެވެ. ނަމަވެސް ފިކުރު ކުރުމެއް ނެތި އެވެ.

 

- މައުލޫމާތު ނެގީ "ޔޫސްފުލް އިންފޮމޭޝަން އެންޑް ހެލްތު ޓިޕްސް" ފޭސްބުކް ޕޭޖުން

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސުރުހީއާ މަޢުލޫމާތަކާ ނުގުޅެ. ޖިންސީ ސިކުނޑީގެ މާނަ ބަލާބަލަ. އެއީ ކޮންއެއްޗެއް ތޯ

– 1 ޖުލައި 2013 1

ޖިންސްގެ މާނަ އަކީ އަންހެން ފިރިހެން.. ޖިންސީ ސިކުނޑިއަކީ އަންހެން ފިރިހެން ސިކުނޑި..

– 2 ޖުލައި 2013 7