[HEADER BANNER]
[AD]

ޕީޓީއޭ އިން ކުރިއަށްގެންދިޔަ މަސައްކަތު ދުވަހުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފި

4 މެއި 2013 1

މަސައްކަތު ދުވަހުން ހޯދި ފައިސާ ގުނުމުގެ މަސައްކަތް ކުރަމުން ދަނީ. ފޮޓޯ: އިބުރާހިމް ނަޝީދު / އިހަވަންދޫޑޮޓްކޮމް

އިހަވަންދޫ މަދަރުސާގެ ދަރިވަރުންނަށް ހިންގޭ އިތުރު ޙަރަކާތްތަކުން ވަނަ ހޯދާ ދަރިވަރުންނަށް އިނާމު ދޭނެ ފައިސާ ހޯދުމަށްޓަކައި އެމަދަރުސާގެ ޕީޓީއޭ އިން މިއަދު ކުރިއަށްގެންދިޔަ މަސައްކަތު ދުވަހުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ.

ބެލެނިވެރިންނާއި މުދައްރިސުން ގްރޫޕްތަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ މިހަރަކާތް މިއަދު ހެނދުނު 8:00 ން ފެށިގެން ހަވީރު 4:30 ގެ ނިޔަލަށް ކުރިއަށްގެންދިޔަ އިރު ޖުމުލަ 10 ގުރޫޕެއް ރަށުތެރޭގައި ހަރަކާތްތެރިވެފައި ވެއެވެ.

މިއަދުގެ މަސައްކަތުން ވަނީ 44924.35 (ސާޅީސް ހަތަރުހާސް ނުވަސަތޭކަ ސައުވީސް ރުފިޔާ ތިރީސް ފަސް ލާރި)  އަދި 7 ޔޫއެސް ޑޮލަރު ހޯދާފައެވެ.

މިއަދުގެ މަސައްކަތުން އެންމެ ގިނަ ފައިސާ ހޯދައިގެން 1 ވަނަ ގުރޫޕަކަށް ހޮވިފައި ވަނީ އަންހެން މުދައްރިސުންގެ ގުރޫޕެވެ. އެގުރޫޕުން ވަނީ 11000 ރުފިޔާ ހޯދާފައެވެ.

މިއަދުގެ މަސައްކަތުން ޕީޓީއޭ އިން ހޯދި ފައިސާ އާއި މެދު ޕީޓީއޭގެ ރައީސް، މަދަރުސާގެ ޕުރިންސިޕަލް ވަރަށް ހިތްހަމަ ޖެހޭކަމަށާއި، އަދި މިއަދުގެ މަސައްކަތުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަދަރުސާއަށްޓަކައި ކުރެއްވި މަސައްކަތަށްޓަކައި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ޕުރިންސިޕަލް ކާޝިފް ރަޒާ ޒައިދީ ވަނީ ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ.

އިހަވަންދޫ މަދަރުސާގައި މިއަހަރުގެ މިހާތަނަށް ހިންގުނު އިތުރު ޙަރަކާތްތަކުން ވަނަތައް ޙާސިލްކުރި ދަރިވަރުންނަށް އިނާމު ދީފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކުގައި ކަން ފާހަގަ ކުރެވެއެވެ.

 

[BOTTOM CONTENT BANNER]
ޕީޓީއޭ, އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިއީ ހަަމަ މި ނުކުޅެދޭ ސަރުކާރަށް ކުރި މަލާމާތެއް. އެޑިއުކޭޝަން މިނިސްޓްރީގެ މޫނުމަތީ ޖެހި ތަފާއްޔެއް.

– 7 މެއި 2013 1