[HEADER BANNER]
[AD]

ގެވަޅަށް އެދުމުގެ އެންމެ ފަހު ފުރުޞަތު އިއްޔެއަށް ހަމަވެއްޖެ


އިހަވަންދޫ މަތިން ފެންނަގޮތް / ފޮޓޯ: އަޖުވަދު (އިހަވަންދޫޓައިމްސް ރެޓްރޯއިން ނަގާފައި)

ގެވަޅަށް އެދުމުގެ ފުރުޞަތު ހަމަވިފަހުން ވެސް ގިނަ ޢަދަދެއްގެ ބަޔަކު ގެވަޅު ހޯދުމަށް ހުށަހެޅުމުގެ ފުރުޞަތަށް އެދެމުންދާތީ، ގެވަޅަށް އެދުމުގެ އެންފަހު ފުރުޞަތެއްގެ ގޮތުގައި ހުޅުވާލި ފުރުޞަތު އިއްޔެއަށް ހަމަވެއްޖެ އެވެ. މި ފުރުޞަތު ހުޅުވާލީ 10 ދުވަހަށެވެ. މި ފުރުޞަތުގައި ވެސް ގިނަ ޢަދަދެއްގެ ބަޔަކު ގެވަޅު ހޯދުމަށް އެދި ކައުންސިލަށް ފޯމު ހުށަހަޅާފައިވެ އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު އިހަވަންދޫ ޑޮޓްކޮމްއަށް ވިދާޅުވީ މި ފުރުޞަތަށްފަހު އިތުރު ފުރުޞަތެއް ދެން ހުޅުވާނުލާނެ ކަމަށާއި، މިހާރުކުރިއަށް ދަނީ ހުށަހަޅާފައިވާ ފޯމްތައް ޝޯލްލިސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ގެވަޅަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ އެއްވެސް ގޯއްޗެއް އެއްވެސް ރަށެއްގައި އޮތްތޯ ބެލުމަށް ކުރަންޖެހޭ ތައްޔާރީތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

އިހަވަންދޫން ގެވަޅު ދޫނުކުރާތާ 6 އަހަރުވެފައިވާ އިރު، އެންމެ ފަހުން ގެވަޅު ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި ޝޯޓްލިސްޓް ކުރި އެންމެނަށް 1600 އަކަ ފޫޓްގެ ގެވަޅެއް ދޫކުރި އެވެ.

[BOTTOM CONTENT BANNER]
ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝޯޓުލިސްޓު ޝޯޓު ކޮށް ނިމި ގެވަޅު ދޫކުރަން ފެށޭނީ ކޮންދުވަހަކުންތަ؟

– 24 އޭޕުރީލު 2013 0

އާދޭސްކޮށް ދެފާގަ ހިފާފަ، އަދި އެއްފުރުސަތު ޕުލީޒް

– 25 އޭޕުރީލު 2013 0

އަޅެ. އަދި އެއްފުރުޞަތު.

– 25 އޭޕުރީލު 2013 0

މީ ވަރަށް ބޮޑަށް ރޭވިގެން ހިނގި ކޮރަޕްޝަންގެ ޢަމަލެއް. ސަމީރުމެންގެ ރައްޓެހިންނާ، އާއިލާގެ މީހުންނާއި، ޕާޓީގެ މީހުން މުއްދަތު އިތުރުކޮށްދޭން ބުނީމަ ޓަސް 10 އަދި 10 އަދިވެސް 10 ދުވަސް، މުއްދަތު ދެވުނު ވަރު ބަލާ، 1 މަސްދުވަސް ދީފަ. އަނެއްކާހެން 10 ދުވަސް ދީފަ އަނެއްކާ 10 ދުވަސް..

– 28 އޭޕުރީލު 2013 0

ތިޔަކުމުގައި ސިޔާސީ ކުލަ ނުޖެއްސުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް! ގެވަޅަށް އެދި ފޯމް ލީ ހުރިހާ އެންގެ ހައްގުގައި އަޅުގަނޑު، ސަމީރަށް! މި ދުނިޔެއަކީ ވަގުތީ ތަނެއްކަން ހަދާންކޮށްދެން! އަދި މާދަމާ މަހުސަރު ދުވަހުން ތަފާތުކުރުމެއްނެތި ހައްޤު ލިބޭނެކަންވެސް ހަދާން ކޮށްދެން!

– 28 އޭޕުރީލު 2013 0

ބައެއް ހަބަރު ގެނެސް ދީފަ އަނެއްބާ ހަބަރު މިސައިޓައް ނާރާކަން ވަރަށް ބޮޑަށް ފާހަގަ ކުރަން.. ކުޑަކުއްޖެއްގެ މައްސަލާގަ ދިއްދޫ ޕޮލިސްޓޭސަނުގަ ރަށުމީހަކު ހުރިކަން ހަމަ ނޭނގެނީބާ

– 1 މެއި 2013 0

ކޮބާ! މިހާރު ކިހާހިސާބަކު ގެވަޅުގެ ކަންތައްތައް އޮތީ! އަދި އިންތިހާބާ ކާރި ކޮށްލާފަ ދޯ...! ސަމީރު! ރައްޔިތުން އަސްލު ސަމީރު ބަލޭގަނޭބާ؟!! އަސްލުވެސް ޔޫ ވަރަށް ސަކަރާތް! އަމިއްލައަށް ވިސްނާލާތީ! އަސްލު ހަޤީގަތުގަ ތިމާޤާމަކަށް ސަމީރަކީ ތަސައްރަފު ފުދިވައިވާ މީހެއްނޫ!

– 3 މެއި 2013 0

ސޯޓްލިސްޓް ލޯންގު ލިސްޓް އަކަށް ނުހަދައްޗޭ!

– 3 މެއި 2013 0