[HEADER BANNER]
[AD]

މުއްދަތު ހަމަވިއިރު 322 ފޯމު ހުށަހަޅައިފި


ގެވަޅެއް ނޮޅަނީ، ފޮޓޯ: އިހަވަންދޫޑޮޓްކޮމް ފައިލް

 

ގެވަޅު ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައި، އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ގެވަޅަށް އެދުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވި އިރު، 322 ފަރާތަކުން ގެވަޅަށް އެދެފި އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހާ ހަމައަށް ގެވަޅަށް އެދުމުގެ ފުރުޞަތު ބަންދުވި އިރު، 371 ފަރާތަކުން ގެވަޅަށް އެދޭ ފޯމު ނަގާފައިވާ ކަމަށާއި، ނަމަވެސް މުއްދަތު ހަމަވިއިރު ހުށަހަޅާފައި ވަނީ 322 ފޯމު ކަމަށެވެ. ސަމީރު އިތުރަށް ވިދާޅުވީ ފޯމު ނެގުމަށް ފަހު އެކި ސަބަބުތަކާހުރެ ހުށަހެޅިފައި ނުވާ 49 ފޯމު ހުށަހެޅުމަށް ރަސްމީ 10 ދުވަހުގެ ފުރުޞަތެއް އެ ފަރާތްތަކަށް ދިނުމަށް އިއްޔެ އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށާ، މިހެންވެ އެ ފުރުޞަތު މިހާރު އެފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް މި ފުރުޞަތުގައި އިތުރަށް ފޯމު ދޫނުުކުރާނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

322 ފަރާތަކުން ގެވަޅަށް އެދި ހުށަހަޅާފައިވާއިރު ދޫކުރުމުގެ ހުއްދަ ލިބިފައި ވަނީ 60 ގެވަޅެވެ. ނަމަވެސް 123 ގެވަޅު ދޫކުރުމަށް ކައުންސިލުން ފާސްކުރި އެވެ.

ސަމީރު ވިދާޅުވީ ގެވަޅަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމުތައް މުރާޖަޢާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، ގެވަޅަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯއްޗެއް ހައްޤުވާ ކޮންމެ ފަރާތަކަށް ވެސް ގެވަޅެއް ދޫކުރެވޭތޯ ކަމާބެހޭ އިދާރާތަކާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިހަވަންދޫން ގެވަޅު ދޫނުކުރާތާ 6 އަހަރުވެފައިވާ އިރު، އެންމެ ފަހުން ގެވަޅު ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި ޝޯޓްލިސްޓް ކުރި އެންމެނަށް 1600 އަކަ ފޫޓްގެ ގެވަޅެއް ދޫކުރި އެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަޅުގަނޑަށް މަޢުލޫމާތު ،ލިބިފައިވާ ގޮތުގައި ފޯމު ހުށަނާޅާ 49 ފަރާތުގެ ތެރޭގައި، ކައުންސިލަރުންގެ ތެރެއިން ބައެއްބޭފުޅުންނާއި، އެބޭފުޅުންގެ އާއިލާގެ ބޭފުޅުން ހިމެނޭކަމަށް ވެއެވެ.މިކޮމެންޓް ޖަހާ ދެއްޗޭ

– 21 މާރިޗު 2013 0