މައިކްރޯސޮފްޓުން ވިންޑޯސް ޓު ގޯ ހިންގާނެ އާލާތްތައް އިއުލާންކޮންފި

9 މާރިޗު 2013 0

މެއިކްރޯސްފްޓްން ވިންޑޯސް 8 ތަޢާރަފްކުރީ 2012 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. ވިންޑޯސް 8 ގައި ހިމެނޭ ތަފާތު އެއް ފީޗަރއަކީ ވިންޑޯސް 8 ހިންގާ ހާޑްވެއަރތަކަށް އާ ބަދަލެވެ. ޓަޗް އިންޓަރފޭސްތަކާ ލާމައްސާ ޓެބްލެޓްތަކާ ރައްޓެހި ވެއްޓެއް ޤާއިމުކުރުމެވެ. އޭއާރުއެމް ޗިޕްތަކަށް ވިންޓޯސް އާރްޓީ އޮޕަރޭޓިން ސިސްޓަމެއް ތަޢާރަފްކުރުމެވެ. މީގެ އިތުރުން މައިކްރޯސްފްޓުން ވަނީ ކުޑަ ކުޑަ ޔޫއެސްބީ ޑްރައިވް އެއްގައި ވިންޑޯސް 8 އޮޕަރޭޓިން ސިސްޓަމް ގެންގުޅެވޭނެ ނިޒާމެއް ތަޢާރަފްކޮށްފަ އެވެ. ވިންޑޯސް ޓް ގޯ  އަކީ ސެކްއާރޑް ޔޫއެސްބީ ޑްރައިވްއަކުން ވިންޑޯސް 8 އޮޕަރޭޓިން ސިސްޓަމް ބޫޓް ކުރެވޭގޮތަށް ތައްޔާރުކޮންފައިވާ އާލާތެކެވެ. ޕީސީ ނުވަތަ ލެޕްޓޮޕަކަށް ޔޫއެސްބީ ޑްރައިވް ޖެހުމުން ޔޫއެސްބީ ޑްރައިވް މެދުވެރިކޮން ވިންޑޯސް 8 އޮޕަރޭޓިން ސިސްޓަމް އެ ކޮމްޕިޔުޓަރެއްގައި އެއްވެސް ދަތިކަމަކާ ނުލާ ހިންގޭނެ އެވެ. މި ޑިވައިސް ފަރުމާ ކޮންފައިވަނީ ސްފްޓްވެއަރ އާއި އެޕްލިކޭޝަންވެސް އިންސްޓޯލްކުރެވޭގޮތަށް އަދި ޔޫސަރފައިލްތައްވެސް ރައްކާކުރެވޭނެ ގޮތަށެވެ.

މިގޮތަށް އުފައްދާ ޑިވައިސްތަކަކީ މައިކްރޯސްފްޓްގެ ޚާއްޞަ ބެލުމުގެ ދަށުން ސެޓިފައިކުރެވިގެން އުފައްދާ ޑިވައިސްތަކެކެވެ. ވިންޑޯސް ޓު ގޯ ގެ ސެޓިފިކޭޝަން ހޯދުމަށް ކޮންމެ ޑިވައިސްއެއް ތަފާތު ޓެސްޓިން މަރުހަލާތައް ކަނޑަތުކުރަންޖެހެއެވެ. މި ޑިވައިސް އުފެއްދުމަށް ސެޓިފިކޭޝަން ލިބިފައިވަނީ މިހާތަނަން އެންމެ ފަސް ކުންފުންޏަކަށެވެ. އޭގެ ތެރޭގައި އިމޭޝަން، ސްޕައިރަސް، ކިންގްސްޓަން، ސްޕަޓެލެންޓް، ވެސްޓާރ ޑިޖިޓަލް (ޑަބްލިޔުޑީ) ހިމެނެ އެވެ. ކުންފުނިތަކުން އުފައްދާ ޑިވައިސްތަކުގައި 32 ޖީބީ ، 64، ޖީބީ، 128 ޖީބީ އަދި 256 ޖީބީ ގެ ވާރޝަން ލިބެން ހުރިއިރު ޑަމްލިޔު ޑީ އިން ވަނީ ވިންޑޯސް ޓުގޯ ސެޓިފައިކޮންފައިވާ އެ ކުންފުނީގެ ޕާސްޕޯޓް ބްރޭންޑްގެ 500 ޖީބީ ހާޑް ޑްރައިވްއެއް އުފައްދާފަ އެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ