"ރިސާޗް އިން މޯޝަން" ގެ ނަން ބްލެކްބެރީއަށް

9 މާރިޗު 2013 0

މަޝްހޫރު ބްލެކްބެރީ ފޯނު އުފައްދާ "ރިސާޗްއިން މޯޝަން" (ރިމް) ގެ ނަން ބްލެކްބެރީއަށް ބަދަލުކޮށްފި އެވެ. ބްލެކްބެރީ 10 އޯއެސް އިފްތިތާހުކުރުމަށް 2013 ޖެނުއަރީ 30 ގައި ނިވްޔޯކްގައި ބޭއްވި ނޫސްކޮންފަރެންސްގައި 1984 ވަނަ އަހަރުން ފެށިގެން ރިސާޗް އިން މޯޝަންގެ ނަމުގައި ހިންގަމުން އައި ކުންފުނީގެ ނަން ބްލެކްބެރީއަށް ބަދަލުކުރުންވެގެން ދިޔައީ ބައިވެރިން ހައިރާންކޮއްލި ބަދަލަކަށެވެ. ކުންފުނީގެ ފޯން އޯއެސްގެ ބްރޭންޑް ނަންކަމުގައިވާ ބްލެކްބްރީއަށް ބަދަލުކޮން ސްޓްކޮ ސިމްބަލްގެ ގޮތުގައި BBRY ވަނީ ކަނޑައަޅާފަ އެވެ. މިއީ އަޑިއަޅަމުންދާ ކުންފުނި އަލުން ކޮޅަށްޖަހައި ރީއިންވެންޓްކުރުމަށް ކުންފުންޏަށް ގެންނަމުން އަންނަ ބަދަލުގެތެރެއިން ގެނެވުނު މުޙިއްމު ބަދަލެއްކަމަށް ޓެކް އިންޑަސްޓްރީ ދިރާސާކުރާފަރާތްތަކުން ބުނެ އެވެ.

މި ބަދަލު ގެނައީ ރިމްއަށްވުރެން މާ މަޤްބޫލްނަމެއް އިޚްތިޔާރުކޮން އަލަށް އުފައްދާ ބްލެކްބެރީ އޯއެސް10 އާއެކު ކުރިއެރުމުގެ އުއްމީދާއެކު އެވެ. މީގެ ކުރިންވެސް ވަނީ މަޝްހޫރު ބޮޑެތި ކުންފުނީގެ ނަން ބަދަލުކޮށްފަ އެވެ. މިގޮތުން 2007 ވަނަ އަހަރު އެޕަލް ކޮމްޕިޔުޓަރގެ ނަން އެޕަލް އަށް ބަދަލުކުރުން ފާހަގަކޮށްލެވެ އެވެ. ނަމަވެސް ރިމްގެ ނަން ބްލެކްބެރީއަށް ބަދަލުކުރުމަކީ އެއަށްވުރެ ފަންޑަމެންޓަލް އަދި ބޮޑު ބަދަލެކެވެ. އެއީ މައިކްރޯސްފްޓްގެ ނަން ވިންޑޯސްއަށް،ނުވަތަ ގޫގުލްގެނަން އެންޑްރޮއިޑަށް ބަދަލުކުރުން ފަދަ ކަމެކެވެ.

ރިމްގެ ނަން ބަދަލުކޮށް އާ އޯއެސްއެކު ދެ ފޯން ތައާރަފްކުރިއިރު 70،000 އެޕްލިކޭޝަން ބްލެކްބެރީގެ އެޕްސްޓަރ ބްލެކްބެރީ ވޯލްޑްގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ހާހަކަށްވުރެ ގެނަ މަޝްހޫރު އެޕްލިކޭޝަން ހިމެނޭނެއިރު ސްކައިޕް، ވަޓްސްއެޕް، ކިންޑްލް، ފޭސްބްކް، ޓްވިޓަރ، ވެއަރ އިސް މައި ޕެރީ އަދި އެންގްރީ ބާޑް ސީރީސްގެ ގޭމްތައް ހިމެނެ އެވެ.

ބްލެކްބެރީ 10 އޯއެސް އަޅައިގެން ހިންގާ ފުރަތަމަ ދެ ފޯނަށް ބްލެކްބެރީ Z10  އަދި Q10 ތަޢާރަފުކުރިއިރު ބްލްކްބެރީ އޯއެސްގައި ވަނީ ޓަޗް ގެސްޗްއަރ ހިމަނާފަ އެވެ. ބްލެކްބެރީ ރެޑް10 ގައި 8 މެގަޕިކްސެލްގެ ކެމެރާއަކާއި އެޗްޑީއެމްއައި ޕޯޓް، 1.5 ގިގަހާޓްސްގެ ކްރެއިޓް ޑުއަލްކޯރަ ކޯރ ސީޕީޔޫ އެއް އަދި 2 ގިގަބައިޓްގެ ރެމްއަކާއެކު "4.2  ގެ (356 ޕީޕީއައި، 768*1280 ރިޒޮލިޔުޝަންގެ) ސްކްރީނެއް ހިމެނޭއިރު 16 ޖީބީ ސްޓޯރޭޖެއް ހިމެނެ އެވެ. ކަނެކްޓިވިޓީގައި އެލްޓީއީ ކޮނެކްޝަންއާއި ވައިފައި، ބުލޫޓޫތް 4.0 އަދި އެންއެފްސީ ހިމެނެ އެވެ. ބްލެކްބްރީ ކިޔު10 ގައި ފިޒިކަލް ކީބޯޑަކާއި "3.1 ގެ (330 ޕީޕީއައި، 720*720 ރިޒޮލިޔުޝަންގެ) އެމޯލްޑް ސްކުރީނެއް ހިމަނާފައިވާއިރު ފޯނުގެ ފްރޭމް ތައްޔާރުކޮށްފައިވަނީ ސްޓެއިންލެސްސްޓީލްއިން ނެވެ. ކިޔު10 ގެ ސީޕީޔުއަކީ ޒެޑް10 ގައިވެސް ހިމަނާފައިވާ ސީޕީޔޫ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ