މޮޒިއްލާއިން ފަޔަފޮކްސް އޯއެސްއާއެކު ސްމާޓްފޯން ހަނގުރާމާގެ ތެރެއަށް

9 މާރިޗު 2013 0

މަޤްބޫލް އިންޓަނެޓް ބްރޯޒާ ފަޔަފޮކްސްގެ ޑިވޮލޮޕަރ ޓީމް މޮޒިއްލާއިން ސްމާޓްފޯނު އޯއެސްއެއް ބިނާކުރާތާ ދުވަސްތަކެއްވެއްޖެ އެވެ. ޖުލައި 25، 2011 ގައި ބޫޓް ޓު ޖެކޯ (ބީ2ޖީ)  ޕްރޮޖެކްޓްގެ ނަމުގައި ފެށި ޕްރޮޖެކްޓްގެ މައިގަނޑު މަގްޞަދަކީ ވެބް ޑިވޮލޮޕަރުންނަށް ސްމާޓްފޯން އޯއެސްތަކަށް ޑިވޮލޮޕްކުރުމަށް އޮތް ހަނިކަން ފިލުވާލައި ވެބް އެޕްލިކޭޝަންތައްވެސް ނެޓިވް އެޕްލިކޭޝަން ފަދައިން ހިންގޭނެ އޮޕެރޭޓިން ސިސްޓަމެއް ވުޖޫދުކުރުމެވެ. ފަޔަފޮކްސް އޯއެސްގެ ބިންގަލަކީ ގޫގުލްގެ އެންޑޮރައިޑާއި އެޗްޕީގެ ވެބް އޯއެސް، އަދި ސަމްސަން އާއި އިންޓެލްގެ ތައިޒަން އޯއެސްގެވެސް ބިންގާކަމުގައިވާ ލިނަކްސް ކާނަލް އެވެ. 2012 ޖުލައި ގައި ބީ2ޖީ ޕްރެޖެކްޓް ރިބްރޭންޑްކޮން ސްމާޓްފޯން އޯއެސްގެ ނަންފަޔަރފޮކްސް އޯއެސް ބަދަލުކުރި އެވެ. ބޫޓް ޓު ޖެކޯ ޕްރޮޖެކްޓުން އެޅި ބިންގަލުގައި ސްމާޓްފޯން އޯއެސް ބިނާކުރާއިރު އޮޕަރޭޓިން ސިސްޓަމް ޕްރޮގްރާމްކޮށްފައިވަނީ އެޗްޓީއެމްއެލް، ސީއެސްއެސް، ޖާވާސްކްރިޕްޓް އަދި ސީ + + ބޭނުންކޮންގެން  އޯޕަން ވެބް ސްޓޭންޑާޑްގަ އެވެ. މާނައަކީ ފޯނުގެ ކޮންމެ ފަންކްޝަންއެއް ބޭނުންކުރުމަށްވެސް އެޗްޓީއެމްއެލް5 ކޯޑިންގައި އެޕްލިކޭޝަން ލިޔެވޭނެ އެވެ. އެހެން އޯއެސް ތަކުގައި މި ފުރުޞަތު ލިބެނީ ހަމައެކަނި ނެޓިވް އެޕްލިކޭޝަންތަކަށް އެކަންޏެވެ. އެހެންކަމުން ކުދި ސްކުރީންތަކުގައި ބޭނުންކުރެވޭނެ ކޮންމެ  އެޗެޓީއެމްއެލް5 ގެ ވެބްއެޕްލިކޭޝަން ފަޔަރފޮކްސް އޯއެސް ފޯނުތަކުގައި ނެޓިވް އެޕްލިކޭޝަނަކޭ އެއްހަމައެއްގައި ހިންގޭނެ އެވެ. މީގެ ސަބަބުން ޑިވޮލަޕަރުންނަށް މީގެ ކުރިން ނުލިބޭވަރުގެ ފަސޭހައާއި މިނިވަންކަން ލިބިގެންދާނެ އެވެ. ފަޔަރފޮކްސް އޯއެސް ފަރުމާކޮށްފައިވަނީ ޓެބްލެޓްތަކުގައިވެސް ހިންގޭނެގޮތަށެވެ. 

ދާދި ފަހަކާ ޖެހެންދެން، މޮޒިއްލާ އިން އޯއެސް ފައްކާކުރުމަށްކުރި މަސައްކަތަށްފަހު ޑިވަލޮޕަރުންނަށް ޚާއްޞަކޮންގެ ސްޕެއިންގެ ގީކްފޯން އާ ގުޅިގެން ވަނީ ޑިވޮލޮޕަރ ޕްރިވިއު ފޯނެއް އުފައްދާފަ އެވެ. ޑިވޮލޮޕަރުންނަށް އެކަނި ވިއްކުމަށް ހަމަޖެހިފައިވާ މި ފޯނު ދެ މޮޑެލްއެއް ގީކްފޯން އިން ތަޢާރަފްކުރާނެ އެވެ. ކިއޯން އަދި ޕީކްގެ ނަން ދީފައިވާ މި ދެ މޮޑެލްގެ ފޯން ދާދި އަވަހަށް ބާޒާރުން ލިބެންހުންނާނެކަމަށް މޮޒިއްލާ ބުނެ އެވެ. ނެރޭނެ ވަކި ތާޜީޚެއް އިއުލާންކޮންފައިނުވާއިރު މި ފޯނުތައް ނެރުމުގެ ބޭނުމަކީ ޑިވޮލަޕަރުން އުފައްދާ އެޕްލިކޭޝަންތައް ޓެސްޓްކުރާނެ އާލާތެއް ހޯދައިދިނުމެވެ. ފަޔަފޮކްސް އޯއެސް ފޯނާއި ޓެބްލެޓްތަކަށް ފައްކާވުމަށްފަހު އަމިއްލަ ހޭންޑްސެޓެން ނުއުފައްދާނެކަމަށް މޮޒިއްލާއިން ހާމަކުރެ އެވެ.

ސްމާޓްފޯން އޯއެސް ގެ ހަނގުރާމާގެ ތެރެއަން މޮޒިއްލާއިން ވަދެގަނެފައި މިވަނީ ވާދަވެރިކަން ބޮޑުވެފައިދުވަސްކޮޅެއްގަ އެވެ. އައިއޯ އެސް އާއި އެންޑްރިއިޑް ސްމާޓްފޯން މާކެޓްގައި ވަކިހިއްޕާލާފައިވާއިރު މައިކްރޯސްފްޓުން އަންނަނީ ވިންޑޯސްފޯން 8 ގެ "ޓައިލް" އިންޓަރފޭސް ގެ ޖާދޫގައި މާކެޓަށް ވަންނަން ގަދަފައި ވިއްދަމުންނެވެ. ބްލެކްބެރީ އިން ބްލެކްބެރީ އޯއެސް 10 އާއެކު ގެއްލިގެން ދިޔަ މާކެޓް އަލު ހޯދުމަށް ތައްޔާރުވެފައިވާއިރު އުބުންޓޫވެސް ވަނީ ސްމާޓްފޯން އޯއެސްއަކަށް އަމާޒު ހިފާފަ އެވެ. ނޮކިއާއާ އިންޓެލް އަށް އޮޅުނުވި މީގޯ އޯއެސްގެ އަސްލުން އުފައްދާ ޖޯލާގެ ސެއިލްފިޝް އޯއެސްވެސްވަނީ ނެރުމުގެ މަގުމަތީގަ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ