މައިކްރޯސްފްޓް އޮފީސް 2013 މާދަމާ ބާޒާރަށް

9 މާރިޗު 2013 0

އޮފީސް 2013 ނެރުމަށް މައިކްރޯސްފްޓުން ވަގުތު ގުނަމުންދާއިރު ޖެނުއަރީ 29 ބާޒާރަށް ނުކުންނާނެ އެވެ. މައިކްރޯސްފްޓުން ވަނީ އޮފީސް 2013 ށް ބޮޑެތި ބަދަލުތައް ގެނެސް ވިންޑޯސް 8 ކަސްޓަމަރުން ގަޔާވާނޭހެން ވިންޑޯސް 8 ގެ ގްރެފިކަލް އިންޓަރފޭސްގެ ސިފަތައް އޮފީސް 2013 ގައި ހިމަނާފަ  އެވެ. ކްލައުޑް ސްޓޯރޭޖް ފީޗަރ ބޭނުންކުރެވޭނެހެން މައިކްރޯސްފްޓްގެ ސްކައިޑްރައިވް ޑީފޯލްޓް ލޮކޭޝަންގޮތުގައި އިހްތިޔާރުކޮށްފަ އެވެ. މައިކްރޯސްފްޓް ބައެއް ބްލޮގްތަކާއި ސައިޓްތަކުގައި އޮފީސް ޕެކޭޖްގެ މުޙިއްމު ބައެއް ފީޗަރތައް ހާމަކުރަން ފަށާފާވާއިރު، މައިކްރޯސްފްޓް އޮފިޝަލް ޕަވަރޕޮއިންޓް ބްލޮގުގައި ހާމަކޮށްފައިވާގޮތުގައި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ސްލައިޑްގެ ޑީފޯލްޓް ސްކުރީން ފޯމެޓަކަށް މިފަހަރުގެ އަދަދުގައި ވެގެންދާނީ  ވައިޑްސްކްރީން ފޯމެޓް 16:9 އެވެ. މިހާރުގެ ގިނަ ޕްރޮޑަކްޓްތަކުގައި  ޓީވީ، ޕީސީ މޮނީޓަރ، ސްމާޓްފޯން، ޕްރޮޖެކްޓަރ ތައް ވައިޑްސްކުރީންތަކަށް ޚާއްޞަވެފައިވާއިރު މި ރިޒޮލިއުޝަން ގައި ސްލައިޑްތައް ތައްޔާރުކުރާއިރު ކަސްޓަމަރުން އެދޭފަދަ ބަދަލަކަށް ވެގެންދާނެ އެވެ. ވައިޑްސްކްރީންގައި ދެފަރާތު އަރިމަތިން (ހޮރިޒޯންޓަލްކޮން) އިތުރު ޖާގަ ލިބޭއިރު ސްލައިޑްގައި ގިނަ ކޮންޓެންޓާއި، ފޮޓާއާއި ޑިޒައިން އެލަމެންޓްތައް ހިމެނޭނެ އެވެ. އޭގެ އިތުރުން ކުރީގެ 4:3 ރޭޝިއޯގެ ސްލައިޑްތައް އާ ޑީފޯލްޓް ރޭޝިއޯއަށް ފަސޭހައިން ކޮންވާޓްވޭނެގޮތަށް ޕަވަރޕޮއިންޓް ވަނީ ފަރުމާކޮށްފަ އެވެ.

އާ ޑައިމެންޝާއާއެކު ފަހި މާހައުލެއް އުފެއްދުމަށް މައިކްރޯސްފްޓުން ވަނީ ދެ ރޭޝިއޯއަށް އަމިއްލައަށް ސްކޭލްވާނެހެން މުޅިން އާ ތީމް ފަރުމާކޮށް ކުރީގެ ފޯމެޓުން އާ ފޯމެޓަށް ފަސޭހަކުރުމަށްޓަކައި ކޮންވަޒޭޝަން ކޯޑްވެސް އިތުރަށް ތަރައްޤީކޮށްފަ އެވެ. އޭގެ ސަބަބުން ވައިޑްސްކްރީން ރޭޝިއޯގެ ސްލައިޑެއް ޕްރެޖެކްޓަރުން 4:3 ރޭޝިއޯއިން ދައްކާއިރު ކޮންޓެންޓާއި ފަސްމަންޒަރުގެ ލޭއައުޓަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.

ޕަވަރޕޮއިންޓްގެ މުޅިން އާ ފީޗަރތަކަށް ބަލާއިރު ފާހަގަކޮށްލެވޭ އަނެއް ފީޗަރއަކީ ރެޒިއުމް ރީޑިން ފީޗަރ އެވެ. ޕްރެޒެންޓޭޝަން ކްލޯސްކޮށްލި ސްލައިޑްން ދެވަނަ ފަހަރަށް ހުޅުވާއިރު މި ފީޗަރގެ ސަބަބުން ރެޒިރުއުމްކޮށްލެވެ އެވެ. އެހެންކަމުން ބޮޑެތި ޕްރެޒެންޓޭޝަން ހުށަހަޅާ ފަރާތްތަކަށް ވަރަށް ކަމުދާ ފީޗަރއަކަށް މި ފީޗަރ ވެގެންދާނެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ