މިކަންތައްތަކާމެދު ވިސްނާލެއްވުން ކީއްތޯއެވެ

އާބާދީގައި 3000 މީހުން ހަމަވަނީ އެވެ. ނުވާކަމެއްވެސް ނޭނގެއެވެ. ހީވަނީވެއްޖެހެންނެވެ. އަންނަ އަހަރު 7 ކައުންސިލަރުން ހޮވަންޖެހޭނެއެވެ. ވަރަށް ބާރަށް ބައެއް ކަންތައްތައް ތަރައްގީވެސް އެބަވެއެވެ. އުމުރާނީގޮތުންނެވެ. އޭސީ ފިހާރަތައް އިތުވަނީ އެވެ. ގެސްޓްހައުސްތައްވެސް ހެދެނީ އެވެ. ކުރިން ރާފާފުގެ ހުރިތަނުގައި އެހަދަނީ ގެސްޓްހައުސް އެކެވެ. ނަމަކީ އޯކިޑް ހިޔާ އެވެ. ފުލުހުންގެ މަރުކަޒުވެސް އަމިއްލަ މީހެއްގެ ގެއިން ރައްޔިތުންގެ ހިޔާވައްސަކަށް މިނިވަންވެއްޖެއެވެ. ކައުންސިލް އިދާރާވެސް ބޮޑުވެއްޖެއެވެ. ސްކޫލަށްވެސް އިތުރު އިމާރާތެއް ލިބި، އެއްދަންފަޅި ވެއްޖެ އެވެ. މިސްކިތްތައްވެސް އިތުރުވެ ތަރައްގީ ވަނީ އެވެ. އެމިސްކިތްތައް ޒަމާނީ ކުރަނީ އެވެ.  ޒީނަތްތެރިކުރަނީ އެވެ. ޒަމާނީ ސިސްޓަމްތައް ވެސް ހަރުކުރެވެނީ އެވެ. 
ވިސްނާލެއްވުން ކީއްތޯ އެވެ. 
ރަސްމީކޮށް ހުކުރު ޚުޠުބާ ވިދާޅުވާ ހުރިހާ ހަޠީބުން ޗުއްޓީއަށް ދުރުވެއްޖެ އެވެ. އެންމެ އެކުއެކީ ގައެވެ. މާދަމާ ހުކުރު ކުރާނެ މީހަކު ނެތެވެ. ހުރިނަމަ ހުރި މީހެއްވެސް ހުރީ މިއުޅޭ ހުންޖެހި ފިހިފައެވެ. ކެއްސާ ކިނބިހިއަޅާ ހާލުގައެވެ. ހުއްދައޮންނަ ހަތީބުންވެސް ގަވާއިދުން، އުޞޫލެއްނެތި ކައުންސިލުން ބައެއް މީހުންނަށް ހުތުބާ ކިޔަން ދޭތީ ހުތުބާ ކިޔަން އިންކާރުކުރަނީ އެވެ. ކިޔާނެ މީހަކު ނެތީމާ ހުއްދައޮންނަ މުދިމުންނަށް ހުތުބާ ކިޔަން ދިނުމަކީ ހަމަޖެހޭ އުޞޫލެއް ނޫންކަމަށް ބައެއް މުދިމުން ބުނެއެވެ. މިމައްސަލަވަނީ އެންޓި ކަރެކްޝަނުގައެވެ.   މުދިމުންވެސް ޗުއްޓީގައެވެ. ނަމާދުވެސް އިމާމު ގިނައިން ކުރަނީ މިސްކިތަށް ނަމާދަށްދާ މުސްކުޅިންނެވެ. 
ވިސްނާލައްވަންވީ............................................
މިފަދަ ހާލަތްތަކުގައި ޒުވާނުން މިކަންކަމަށް ކުރިމަތި ނުލައްވަނީ ކީއްވެތޯ އެވެ. ގްރޭޑް 10 11 12 ނިންމާފައިވެސް އެތައް ކުދިންނެއް ރަށުގައި އެބައުޅެއެވެ. ވަޒީފާއެއްނެތި އެވެ. މުދިމު ޗުއްޓީ ނެއްގެވީމަ މިސްކިތް އެކުދިންނަށް ޙަވާލުނުކުރަނީ ކީއްވެތޯއެވެ. ހަތީބު ސަލާމްބުނީމާ ޒުވާންކުއްޖަކަށް ވަގުތީ ހުއްދައެއް ހޯއްދަވާދެއްވާ އެފުރުޞަތު ފަހިކޮށްދެއްވަންވީ އެވެ. 
އޭރުން އެއް އަހަރުވަންދެން ހުތުބާ ވިދާޅުވާ އެލަވަންސް ހަތީބުންނަށް ނުދިނަސް، އެ އެލަވަންސް ބަޖެޓްގައި ހިމަނާނެގޮތް ބަޖެޓް ސެކްޝަނަށް ނުވިސްނުނަސް، ހުކުރުދުވަހު ރަށުންބޭރުން ހަތީބަކު ނުގެނެސް ހުކުރު ކުރެވޭނެއެވެ.

ސޮންދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ