[HEADER BANNER]
[AD]

އިހަވަންދިއްޕޮޅު އެއާޕޯޓާ ގުޅޭ ޕެޓިޝަނެއް. ޖެޓީ އަޅައިދީ!

18 ސެޕްޓެމްބަރު 2020 11

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ޖެޓީއެއް އަޅައިދިނުން އެދި އޮންލައިން ޕެޓިޝަނެއް ހަދަން ފެށުމަށް ތައްޔާރުވަމުންދާ މައުލޫމާތު މި ނޫހަށް ލިބިއްޖެއެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ.

ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން ތައްޔާރުކުރަން ފަށާ މި ޕެޓިޝަނަކީ އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް މުޢައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތައްޔާރުކުރަން ފަށާ ޕެޓިޝަނެއް ކަމަށް ޚަބަރުލިބެއެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް އެޅުމަކީ އެއާޕޯޓާ ކައިރި ރަށްރަށާއި ރިސޯޓްތަކުން ނުހަނު ބޮޑަށް އެދެމުންދާކަމެވެ.

އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ބިމުގެ އެއްކޮޅު ހޯރަފުއްޓާ ގުޅުވާލާފައިވާއިރު، މިހާރު އެއާޕޯޓް ނިމެމުން އެދަނީ އެއާޕޯޓަށް ލަފާފުރުމަށް ހޯރަފުށީ ފަޅު ބޭނުންކުރުން ނޫން ގޮތެއް ނޯންނަ ގޮތަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެއަރޕޯޓް ޖެޓީ އޮންނަންޖެހޭ. މީ ވަކިރަށެއްގެ ރައްޔިތުންގެ ފައިސާއިން ހަދާތަނެއް ނޫން. ޖެޓީ ނެތުމަކީ އެހެން ރަށްރަށުގެ މީހުނަށް ދަތުރު ދިގުވެ, އިތުރަަށް ޚަރަދުވެސް ކުރަންޖެހޭ ކަމެއް.

– 18 ސެޕްޓެމްބަރު 2020 8

އިހަވަންދިއްޕޮޅު އެއާޕޯޓެއް ނުކިޔާ. އެއީ ހޯރަފުށީ އެއާޕޯޓް. އެހެންވެ މިއީ އިހަވަންދޫ މީހުންގެ ޒާތީ ކަމެއް. ފާލަމެއް އަޅައިގެން ތިމާވެއްޓަށް ގެއްލުން ދިނުމުގެ ބޭނުމެއް ނެތް. ފަޅަށްވަދެފައި ރީއްޗަށް އެއާޕޯޓަށް ދެވެން އެބައޮތް. ކޮން ބޭކާރު ހަރަދެއް.

– 18 ސެޕްޓެމްބަރު 2020 4

ކީއްތޯވީ ހޯރަފުށީ ޖެޓީބޭނުން ކުރެއްވުން

– 19 ސެޕްޓެމްބަރު 2020 3

Ihavandhipolhu noon. HOARAFUSHI AIRPORT Kiyaaba. Hoarafushi badhara faibaigen airport dhaan jeheeni. Ehen noony naas thibee rashuga.

– 19 ސެޕްޓެމްބަރު 2020 2

Islaah.. #Horafushi Airport l*

– 19 ސެޕްޓެމްބަރު 2020 2

Kamakaa hasadhaliyas thi thankolheh boduvary

– 19 ސެޕްޓެމްބަރު 2020 2

ކޮން ހއ އުނގުލިފިނޮޅު ބިއްދަށެއް؟ އެތަން އޮތީ ހޯރަފުށީގަ ހޯރަފުށީގެ އިޙްތިސާސްކަމަށް ކަނޑައަޅައިފަ އޮތް ސަރަހަށްދުގެ ތެރޭގަ․ އަދި ތިޔަ ބުނާ އުނގުލި ފިނޮޅުވެސް އޮތީ އެސަރަހަށްދުގެތެރޭގަ․ އިހަވަންދިއްޕޮޅު އެއަރޕޯޓްކިޔާ ތަނެއް ސަރުކާރަކުން ނާޅާ އެނަމެއް ނުވެސްކިޔާނެ․․ ޖެޓީއެއްވެސް ނުހެދޭނެ ހެދިޔަސް ވައްޓާލޭނެ ކަނޑިންމަ ބައްދާލޭނެ․․ ހުވަފެނެއްފަ ތިއުޅެނޫ

– 19 ސެޕްޓެމްބަރު 2020 2

މޮޔަ ނުވޭ․ ހޯރަފުށީ އެއާޕޯޓު ހަދާނީ ހޯރަފުށީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް․ އިހަވަންދިއްޕޮޅު އެއާޕޯޓެއް އަޅާކަމެއް އެނގިފައެއް ނެތް․

– 19 ސެޕްޓެމްބަރު 2020 3

އެއާޕޯރޓު އެ އަޅަނީ ހޯރަފުށީގަ․ ހޯރަފުށީ އެއާޕޯޓު․ އެހެންވީމަ މިސަރަހައްދުގައި ތަރައްގީކުރާ ހަސްފަތާލު ހުންނަންވާނީ އެއާޕޯޓު އޮންނަ ރަށެއްގަ․ ސަރަހައްދީ ހަސްފަތާލުން މާލެ ފޮނުވަން ޖެހޭ ބަލިމީހުންނަށް ފަސޭހަ ކަމާއެކު، ކަނޑުމަގުން ދަތުރުކުރުމުގެ ބަދަލުގަ ވައިގެ މަގުން ދަތުރު ކުރެވޭނޭ ގޮތަށް․ ހެލްތު މިނިސްޓުރީން މިކަމާ ވިސްނަވާނެ ކަމަށް ވަނީ ހަބަރު ލިބިފަ․ ޝުކުރިއްޔާ ސައްލެ․

– 19 ސެޕްޓެމްބަރު 2020 0

އެއާޕޯޓު އަޅާނީ ހޯރަފުށީގަ․ އިހަވަންދޫގެ އެކިދިމަދިމާއިން ހެލްތަށް ބޮޑެތި ބިންތައް ދީދީ ތިއްބާ އިރާދަކުރެއްވިއްޔާ ހޮސްޕިޓަލްވެސް އަޅާނީ ހޯރަފުށީގަ․

– 19 ސެޕްޓެމްބަރު 2020 0

އެއަޕޯޓަށް ވަކި ޖެޓީއެއް ހަދަންޖެހެންޏާ އިހަވަންދޫގަ އަޅާ ހޮސްޕިޓަލަށްވެސް ވަކި ޖެޓީއެއް އަޅަންޖެހޭ ހުޅަނގު އުތުރު ފަރާތުގަ އޭރުންތާ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ވަގުތާފައިސާ ސަލާމަތްވާނި، ވަކި ރަށަށް ފައިދާވާގޮތަށް ހޮސްޕިޓަލްވެސް އަޅައިގެން ނުވާނެތާ ޕެޓިޝަން ޖައްސާނަން

– 19 ސެޕްޓެމްބަރު 2020 0