[HEADER BANNER]
[AD]

ބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިޢުލާނުކޮށްފި

15 ސެޕްޓެމްބަރު 2020 0

ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްން އަނެއްކާވެސް އިޢުލާނު ކޮށްފިއެވެ.

މިއަދު އެމިނިސްޓްރީން ގެޒެޓުކުރި އިޢުލާނުގައި ވަނީ މިމަސައްކަތުގެ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 20 ސެޕްޓެމްބަރު 2020 ވާ އާދިއްތަ ދުވަހު މެންދުރު 12:00 ގައި  މާފަންނު އިޖުތިމާއީ މަރުކަޒު ގައި އޮންނާނެ ކަމަށެވެ. އަދި މަސައްކަތުގެ އަންދާސީ ހުށައެޅުން އޮންނާނީ 29 ސެޕްޓެމްބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގެ 3 ވަނަ ފަންގިފިލާ ) ގައި ކަމަށެވެ.

2019 ޑިސެމްބަރ 4 ވަނަ ދުވަހުވެސް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްން ވަނީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި އިޢުލާނުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަހަރު އެމަސައްކަތަށް އަންދާސީ ހިސާބު ހުށައެޅިފަރާތްތަކުގެ ތެރެއިން ބިޑު ކާމިޔާބުކުރި ފަރާތުން މަސައްކަތް އަނބުރާ ނަގާފައި ވަނީ އެކުންފުންޏަށް ހަވާލުކުރި މިފަދަ އެއްވެސް މަސައްކަތެއް ފަށާފައި ނުވާތީ އެވެ.

ހއ. އިހަވަންދޫގައި ޒުވާނުންނަށް ޓާފުއެޅި ބޮޑު ދަނޑެއް އެޅާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެލައްވާފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ