[HEADER BANNER]
[AD]

އިހަވަންދޫއިން 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!

12 ސެޕްޓެމްބަރު 2020 0

އިހަވަންދޫއިން 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ!
އިހަވަންދޫއިން 7 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެކަމަށް ޚަބަރު ލިބިއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމަށް މައުލޫމާތު ލިބިއެވެ.
މައުލޫމާތު ލިބޭގޮތުގައި ޕޮޒިޓިވް ވެފައިވަނީ ރަށުގެ ދެ ސަރަހައްދަކުންނެވެ. އަދި ޕޮޒިޓިވް ވެފައިވަނީ 6 ބަނގްލަދޭޝް މީހަކާއި 1 ދިވެއްސެކެވެ. ޕޮޒިޓިވްވި މީހުންނާއި އެއްވެސް ބަޔަކު ކޮންޓެކްޓް ވެފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.
މިފަހަރު ޕޮސިޓިވްވި 7 މީހުންނާއިއެކު އިހަވަންދޫއިން މިހާތަނަށް ކޮވިޑަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 12 އެވެ. ކުރިން ޕޮސިޓިވްވި 5 މީހުން ރަނގަޅުވެގެންވަނީ ދޫކޮށްލައިފައެވެ.
[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ