[HEADER BANNER]
[AD]

އިހަވަންދޫއިން ބޮޑު ބިމެއް ހެލްތްމިނިސްޓްރީއަށް ދޫކޮށްފި

10 ސެޕްޓެމްބަރު 2020 0

ހެލްތު މިނިސްޓްރީއަށް ދޫކޮށްފައިވާ ބިން އޮތް ސަރަހައްދު ދޮންކުލައިން ފާހަގަކޮށްފައި.

އިހަވަންދޫ ސްކޫލްގެ އެކްޓިވިޓީ ގްރައުންޑުގެ ހުޅަނގުން، ޒުވާނުން މަރުކަޒުގެ އުތުރަށް އޮތް ސަރަޙައްދުން ބޮޑުބިމެއް ހެލްތު މިނިސްޓްރީގެ ބޭނުމަކަށް ދޫކޮށްފިއެވެ.

އިހަވަންދޫއިން 127000 (އެއްލައްކަ ހަތާވީސް ހާސް) އަކަފޫޓަށްވުރެ ބޮޑުބިމެއް މިނިސްޓްރީ އޮފް ހެލްތްގެ ބޭނުންމަށް ދޫކޮށްފައިވާކަން، އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މިނޫހަށް ކަށަވަރުކޮށްދެއްވާފައި ވާއިރު އިހަވަންދޫ ކައުންސިލުން ކުރިންވަނީ އާމިނާދިޔޯ ޞިއްޙީމަރުކަޒާ އިންވެގެން ހުޅަނގަށް އޮތް ބިން ޞިއްޙީމަރުކަޒުގެ ބޭނުމަށް ދީފައެވެ.

މިކަމާ ގުޅިގެން އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއާރ އެޑްމިނިސްޓްރޭޓަރ މުހައްމަދު އަކްރަމް ވިދާޅުވީ މަރުކަޒަށް ކުރިން ހަމަޖައްސައިދީފައިވާ ބިން އިތުރަށް ބޮޑުކުރާނަމަ ބައެއް މަގުތައް ބައްދަންޖެހޭނެ ކަމަށެވެ. އަދި އެބިމުގައި އޫރިދޫގެ 6400 (ހަ ހާސް ހަތަރުސަތޭކަ) އަކަފޫޓުގެ އެންކްލޭވްއެއް އޮތުމުން، ސިއްޙީމަރުކަޒު އަޕްގެރޭޑްކުރަމަށް އަޅަންޖެހޭ އައު އިމާރާތް އެޅުމަށް އެކަށީގެން ނުވާތީވެ، އައު ބިމެއް ހޯދުމަށް ހެލްތް މިނިސްޓްރީން އެދެފައިވާކަމަށެވެ.

އަދި މިނިސްޓްރީން އެދެފިވާ ސައިޒްގެ ބިމެއް ކައުންސިލުން މިނިސްޓްރީއަށް ދޫކޮށްފައިވާކަން އަކުރަމްވަނީ ޔަޤީންކޮށްދެއްވައިފަ އެވެ.

އާމިނާދިޔޯ ސިއްހީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

 
[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ