[HEADER BANNER]
[AD]

ބަންޑާރަ ގޯތި ސާފުކުރުމަށްދިން މުއްދަތު އިތުރުކޮށްފި

14 އޮގަސްޓު 2020 2

އިހަވަންދޫން އަލަށް ދޫކުރާ ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތި ލިބިފައިވާ ސަރަހައްދު ސާފުކުރުމަށް ދީފައިވާ ސުންގަޑި އިތުރުކޮށްފިއެވެ.

މީގެ ކުރިން، އިހަވަންދޫ ކައުންސިލްއިން ވަނީ 16 އޮގަސްޓް 2020 ގެ ނިޔަލަށް ބަންޑާރަ ގޯތި ސާފުކުރުމަށް އަންގާފައެވެ.

މިއަދު އިހަވަންދޫ ކައުންސިލްގެ ރަސްމީ "ފޭސްބުކް" ޕޭޖުގައި ބުނެފައިވަނީ، ކޮވިޑް 19 އަށް ފައްސިވެފައިވާ 5 ކޭސް އެއް އިހަވަންދޫއިން ފެނުމާއި ގުޅިގެން މިވަގުތު އިހަވަންދޫގެ ގިނަ ގެ ތަކެއް ކަރަންޓީނުގައި ހުރުމުގެ ސަބަބުން އެ ފަރާތްތަކަށް ގޯތި ސާފުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ގޯތި ސާފު ކުރަން ދެވިފައިވާ މުއްދަތު 20 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާކަމުގައެވެ. ބިން ސާފުކޮށް ނިންމުމާއިއެކު، ރުއްގަހުގެ ބަދަލުދީ، އިންވަކިކޮށް ކަންމުޑިއަޅައި ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް މީގެ ކުރިން އިހަވަންދޫ ކައުންސިލުން ބުނެފައިވެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Kobaahey 2vana buru...
Ministry in bunanee council in Ava's kuruma...
Ava's kurey, Ava's kurey 2 vana buru ge 100 goathi

– 14 އޮގަސްޓު 2020 0

Council in thikuravaa masahkathah saaabas, August mahu ithuru 100 goahchah iulaan kurun Ava's kurun edhen.
Eyrun ithuru fasey thakeh vaane....
Eyrun kuriyah oiy 3 mas dhuvahuge therey ithuru 100 goathi... Dhookureveyne....
Eyrun goathee ge mahsala thah varah bodah hahluvaaane......
Ava's kohdhee... August mahu iulaan kohlaaa

– 14 އޮގަސްޓު 2020 0