[HEADER BANNER]
[AD]

ބަންޑާރަ ގޯތިތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ސާފުކުރުމަށް އަންގައިފި

9 އޮގަސްޓު 2020 1

އިހަވަންދޫން އަލަށް ދޫކުރި ބަންޑާރަ ގޯތި ދޫކުރި ސަރަހައްދުގައި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ. ފޮޓޯ: އިހަވަންދޫ ކައުންސިލް

އިހަވަންދޫން އަލަށް ދޫކުރި ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުން އެ ފަރާތަކަށް ލިބިފައިވާ ސަރަހައްދު 16 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ ކުރިން ސާފްކޮށް ނިންމުމަށް އިހަވަންދޫ ކައުންސިލްއިން އަންގާފިއެވެ. މިކަން ހާމަކޮށްފައިވަނީ، އިހަވަންދޫ ކައުންސިލްގެ ރަސްމީ "ފޭސްބުކް" ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އިތުރަށް ހާމަކޮށްފައިވާ ގޮތުން، ބިން ސާފުކޮށް ނިންމުމާއެކު، ރުއްގަހުގެ ބަދަލުދީ، އިންވަކިކޮށް ކަންމުޑިއަޅައި ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށިގެންދާނެއެވެ.

އިހަވަންދޫއިން ބަނޑާރަ ގޯތި ދޫނުކުރާތާ ގިނަ އަހަރު ތަކަކަށްފަހު، ދާދި ފަހުން ދުއިސައްތަ ގޯތިދޫކޮށް، އެ ސަރަހައްދު ސާފުކުރުމުގައި ކައުންސިލްގެ އެއްބާރުލުން ދެއްވަމުން ގެންދާކަންވެސް ފާހަގަކޮށްލަމެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

August mahu ithuru 100 goachah iulaanu kuraane vaahaka khabaru libey... <br>Ava's kurey council

– 10 އޮގަސްޓު 2020 0