އިހަވަންދޫން އިތުރު މީހަކު ކޮވިޑަށް ފައްސިވެއްޖެ

2 އޮގަސްޓު 2020 1

ހއ. އިހަވަންދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑަށް ފައްސި ވެފައި ވަނީ ހއ. އިހަވަންދޫގައި ދުއްވާ ތަހުތު ބޯޓުގެ ފަޅުވެރިއެއްކަމާއި އެއީ 41 އަހަރުގެދިވެއްސެއް ކަން މިނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެއީ ކޮވިޑަށް ޓެސްޓު ކުރުމަށް މިއަދު އިހަވަންދޫން ނެގި 12 ސާމްޕަލް ތެރެއިން ކޮވިޑަށް ފައްސި ވެފައިވާ ސާމްޕަލް އެއް ކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު އަކުރަމް މިނޫހަށް މައުލޫމާތު ދެއްވައެވެ.

ތަހުތު ބޯޓުގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ ޓޫފޯޓޫ ބޯޓުގެ ކޭޝިއަރ ކޮވިޑް-19 އަށް ފައްސިވުމުން ރަށް މޮނިޓަރިންގެ ހާލަތައް ގެނައުމަށް ފަހު ކޮންޓެކްޓު ޓްރޭސިން ނިންމާ މިއަދު އިހަވަންދޫގެ މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނިކޮށެވެ.

އެޗް.ޕީ.އޭ އިން އިހަވަންދޫ މޮނިޓަރިންގެ ހާލަތުން ނެގި ނަމަވެސް ކޮވިޑް އިހަވަންދޫ އޮޕްރޭޓިންގް ސެންޓަރަށް ލަފާދޭ ކޮމެޓީން ވަނީ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ރަށުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް ދެމެހެއްޓުމަށް ނިންމާފައެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Ihavandhoo guys stay strong and be safe

– 4 އޮގަސްޓު 2020 0