މެޝިނަރީޒް ރަށަށް އެރުވިތާ 8 މަސް ފަހުން ބަނދަރުގެ މަސައްކަތް ފަށަނީ...

29 މެއި 2020 0

އިހަވަންދޫގެ ބަނދަރުގެ މަރާމާތު މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ރަށަށްގެނަތާ 8 މަސްފަހުން ބަނދަރުގެ މަސައްކަތް ފަށަންއުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބަނދަރުގެ މަސައްކަތަށް އިތުރަށް ގެނައުމަށް ހަމަޖެހިފައިވާ މުވައްޒަފުންނާއި މެޝިނަރީސް އަންނަ ހަފުތާތެރޭ އިހަވަންދޫއަށް ގެންނާނެއެވެ.

ކަމާއި ގުޅުންހުރި ފަރާތަކުން މިނޫހަށް މައުލޫމާތު ދީފައިވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ޓެކްނިކަލް މުވައްޒަފުން މޯބަލައިޒް ކުރުމުގައި ބައެއް ދަތިތައް ދިމާވިނަމަވެސް މިހާރުވަނީ އެކަންކަން ހައްލުކުރެވި ކަމާއި ގުޅުންހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިފައެވެ.

އިހަވަންދޫގެ ބަނދަރު ހެދުމަށް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2019 ގައެވެ. އިހަވަންދޫގެ ބަނދަރު މަރާމާތު މަސައްކަތަށް ބޭނުންވާ ވެހިކަލްތަކާއި ބައެއް މެޝިނަރީޒް އެމް.ޓީ.ސީ.ސީ އިން އިހަވަންދޫއަށް ގެނެސްފައި ވަނީ 2019 އޮކްޓޯބަރ 2 ވަނަ ދުވަހުއެވެ. ބަނދަރުގެ އަމަލީ މަސައްކަތް ނުފެށި ގިނަދުވަސްވެގެންދާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައެވެ.

އިހަވަންދޫގައި ބަނދަރު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައި ވަނީ 51.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި މަޝްރޫއު ފުރިހަމަކުރަން އެމްޓީސީސީ އަށް ދީފައވަނީ 400 ދުވަހެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ބަނދަރުގެ އެއްގަމު ތޮށި ބޮޑުކުރުމާއި، ބަނދަރުގެ ބޭރު ތޮށި އިތުރަށް ބޭރަށް ޖެއްސުން ހިމެނެއެވެ.

ބަނދަރު އަޕުގުރޭޑުކުރެވިގެންދާއިރު، އިހަވަންދޫ ބަނދަރުގެ ބޭރު ތޮށީގައި 284 މީޓަރުގެ ހުންނަ އިރު، އެއްގަމު ތޮށީގައި ހުންނާނީ 95 މީޓަރު ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިހަވަންދޫ ބަނދަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ