އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފި


އިހަވަންދޫގެ ފިހާރައަކަށް ވަނުމަށް ފިހާރަ ބޭރުގައި ކިޔޫ ހަދާފައި..

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ، މިއަދުން ފެށިގެން ރައްޔިތުން ޢަމަލުކުރަންވީ ގޮތުގެ އުސޫލު އިހަވަންދޫ ކައުންސިލުން އާންމު ކޮށްފިއެވެ.

އެގޮތުން އާންމު ކޮށްފައިވާ އުސޫލުތަކުގައި ހިމެނެނީ:

  1. ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނިކުމެ އުޅުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައި. ނަމަވެސް އާންމު އެއްވުންތަކާއި މަގުމަތީގައި ތިން މީހުންނަށްވުރެއް ގިނަވާގޮތަށް ގްރޫޕް ހަދައިގެން އުޅުން މަނާ.
  2. ޒަރޫރީ ބޭނުން ތަކުގައި ބޭރަށް ނިކުންނައިރު މާސްކު ބޭނުންކުރުމާއި ހުރިހައި ހާލަތެއްގައިވެސް އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރުން.
  3. ކުރިން ވިޔަފާރި ކުރުމަށް ހުއްދަ ދެވިފައިވަނީ ހެނދުނު 9:00 އިން ހަވީރު 17:00 އަށް ނަމަވެސް ފިހާރަތަކުން ވެރިން ކަނޑައަޅާ ވަގުތުތަކުގައި މިއަދުން ފެށިގެން، އިޖްތިމާއީ ގައިދުރުކަން ކަށަވަރުވާ ގޮތަށް ވިޔަފާރިތައް ހުޅުވައިލުން. އަދި އެޗް.ޕީ.އޭގެ ލަފަޔާ އެއްގޮތަށް ފިހާރަތައް ދުވަހުން ދުވަހަށް ޑިސް އިންފެކްޓް ކުރުން.
  4. އުމުރާނީ މަސައްކަތް ކުރާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެފުރުސަތު ދިނުން.
  5. ކުރިއެކޭވެސް އެއްގޮތަށް ސައި ހޮޓާތައް އާންމުކޮށް ހުޅުވައިނުލައި، ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރުސަތު ދިނުން.
  6. ޒަރޫރީ ބޭނުންތަކަށް ފިޔަވައި އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރުން. އަދި ޒަރޫރީ ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކުން އެކަމަށް އެދި 1 ދުވަސް ކުރިން ކައުންސިލަށް ހުށަހަޅައި ދަތުރު ކުރުމުގެ ހުއްދަ ހޯދުން.
  7. ޒަރޫރީ ބޭނުންތަކުގައި އިހަވަންދޫއަށް އަންނަ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަށަށް ފޭބުން މަނާ. އަދި އެފަރާތްތަކުގެ ދޯންޏާހަމައަށް ފިހާރަތަކުން ގަންނަ ތަކެތި ގެންގޮސް ދިނުން.
  8. ފަރުމަސްވެރިކަމާއި އެފަދަ އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ ފަރާތްތަކުން މޮނިޓަރިންގ ޑެސްކަށް ދުރުވެ ހުއްދަ ހޯދުން. ހުއްދަނެތި އެއްވެސް ބޭނުމަކު އިހަވަންދޫއިން ފުރައިގެން ދިއުން މަނާ. އަދި މިގޮތަށް ދެވޭނީ ރެޖިސްޓްރީ ކޮށްފައިވާ އުޅަނދެއްގައި. މިފަދަ ބޭނުންތަކަށް ހުއްދައަށް އެދެވޭނީ ކޮންމެ ރެޔަކު 9:00 އިން 11:00 އަށް ބަނދަރުގައި ހުންނަ މޮނިޓަރިންގ ޑެސްކުގައި.
  9. އިސްލާމިކު މިނިސްޓްރީއިން ވަކި ގޮތެއް ނާންގައިހާ ހިނދަކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރުން. އެހެން ނަމަވެސް ވަކިން މިސްކިތަށް އަރަށް ނަމާދުކޮށް، ގައިދުރުކޮށް ތިބެ ﷲއަށް ޒިކުރު ކުރުމަށާއި ޤުރްއާން ކިޔެވުމަށް މިސްކިތްތައް ބޭނުން ކުރެވޭނެ.

ކޮވިޑް-19 އާ ގުޅިގެން އިހަވަންދޫ ކޮވިޑް-19 އެމެޖެންސީ އޮޕަރޭޝަން ސެންޓަރގެ ފަރާތުން އެޅި ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް އިހަވަންދޫ ކައުންސިލުންވަނީ ޝކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ތަބާވެ، ރައްކާތެރިކަމާއެކު ވީވަރަކުން ގޭގައި ތިއްބެވުމަށް ކައުންސިލުންވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ