[HEADER BANNER]
[AD]

ޔުނައިޓެޑް ޔޫތު ތިންތަރިއަށް އަމާޒް ހިފައިފި

23 ޑިސެމްބަރު 2019 0

- އައިޝަތު އިލްމާ އަދުނާން -

 

13 ވަނަ މައިކަޕް މުބާރާތުގެ ކާމިޔާބީއަށްފަހު، 14 ވަނަ މައިކަޕް މުބާރާތަށް ޔުނައިޓެޑް ޔޫތު "ތިންތަރިއަށް" އަމާޒު ހިފައިފިއެވެ.

 13 އަހަރު މައިކަޕް މުބާރާތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންދާއިރު، މައިކަޕްގައި ބައިވެރިވި އެއްވެސް ޓީމަކަށް ތިންފަހަރު މަތިން މުބާރާތުގެ ތަށި އުފުލައިލެވިފައެއްނުވެއެވެ. އެގޮތުން، 14 ވަނަ މައިކަޕަށް، ވޭތުވެ ދިޔަ އަހަރުތަކާ ޚިލާފަށް ވަރުގަދަކޮށް، ތިންވަނަ ފަހަރު މައިކަޕްގެ ތަށި އުފުލައިލުމަށް ޓަކައި ނުކުތުމަށް ޔުނައިޓެޑް ޔޫތުން ނިންމާފައިވާ ކަމަށް ޓީމުގެ މެނޭޖަރ ސައުދުﷲ އަހުމަދު ރަޝީދު ވިދާޅުވިއެވެ.

މި ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި، އިހަވަންދޫއިން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނާ ޔުނައިޓެޑް ޔޫތުން މިހާރު ވެސްދަނީ ނެގޯޝިއޭޓް ކުރަމުންނެވެ. އެގޮތުން، މިއަހަރު ޔުނައިޓެޑް ޔޫތުގެ ފޯރވަރޑް އަހުމަދު ފާރިޝް، 14 ވަނަ މައިކަޕްގައި ވެސް ޔުނައިޓެޑް ޔޫތަށް ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އެހެންމެ، ގައުމީ ފެންވަރުގައި ކުޅެމުންދާ އެންމެ ސީނިއަރ ކުޅުންތެރިން ވެސް  ޓީމާ ގުޅިގެންދާނެކަމަށް ޔުނައިޓެޑް ޔޫތުގެ ހިންގާ ކޮމެޓީން މައުލޫމާތު ދެއެވެ. ޔުނައިޓެޑް ޔޫތުގެ ރަސްމީ ފޭސްބުކް ޕޭޖްއިން ޓީމާ ގުޅިގެންދާނެ ކުޅުންތެރިން އިއުލާން ކުރެވިގެންދާނެކަމަށް ޓީމުގެ މެނޭޖަރ ވިދާޅުވެއެވެ.

14 ވަނަ މައިކަޕްގައި "ތިންތަރި" އަށް ޔުނައިޓެޑް ޔޫތު ނުކުންނައިރު، އެހެން އަހަރުތަކަށްވުރެ ހަރަކާތްތައް އިތުރުވެގެންދާނެކަމަށް ޔުނައިޓެޑް ޔޫތުގެ ޗެއާމަން ނައުފަލް އިބުރާހިމް ވިދާޅުވިއެވެ. 5 އަހަރުގެ ކުރު މާޒީއާ "ދެތަރި" އާއެކު، އާހިއްވަރުލައި ނުގުޑާފަދަ އަޒުމަކާއެކު 13 ވަނަ މައިކަޕްގައި ޔުނައިޓެޑް ޔޫތަށް ލިބުނު ކާމިޔާބީ ދިފާއުކުރުމަށް، 14 ވަނަ މައިކަޕަށް "ތިންތަރި" އަށް  ޓީމްގެ  ތައްޔާރިތައް ފެށިގެން ކުރިއަށް ދާކަމަށް ވެސް ނައުފަލް އިބްރާހިމް ވިދާޅުވިއެވެ.

9 ވަނަ މައިކަޕް މުބާރާތާއި 13 ވަނަ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޔުނައިޓެޑް ޔޫތެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ