[HEADER BANNER]
[AD]

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިހަވަންދޫއަށް ވަޑައިގަންނަވަނީ

19 ސެޕްޓެމްބަރު 2019 0

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދުގެ ހަވީރު އިހަވަންދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މިނިސްޓަރުގެ މިދަތުރުފުޅަކީ އިހަވަންދޫ ސްކޫލްގެ ދައުވަތަކަށް، އެސްކޫލްގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 16:15 ގައެވެ. އަދި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8 ޖަހާއިރުއެވެ. މިނިސްޓަރުގެ ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެއެވެ. ދަތުރުގެ ރަސްމީއިހްތިފާލުގެ ބޭރުން، ދަތުރުގައި ހަވާސާގައި އިހަވަންދޫގެ ސިއްޙީނިޒާމް ހިނގާނުހިގާގޮތް ބައްލަވާލެއްވުމާއި، އިހަވަންދޫގެ މުއައްސަސާތަކާއި އެކު ބައްދަލުކުރުންވެސް މިނިސްޓްރުގެ މިދަތުރުފުޅުގައި ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ