އަޅުގަނޑު އިންތިހާބުވެއްޖެނަމަ ދައުރުނިމެންދެން މިގޮނޑީގެ މިލްކްވެރި ފަރާތަކަށްވާނީ އެމްޑީޕީ – ޝިފާއު

10 މާރިޗު 2019 7

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވެއްޖެނަމަ އެބޭފުޅާގެ ދައުރު ނިމެންދެން އެގޮނޑީގެ މިލްކުވެރިފަރާތަކަށްވާނީ އެމްޑީޕީ ކަމަށް އިހަވަންދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިހެން ވިދާޅުވީ މިއަދު ޓީވީއެމްއިން ގެނެސްދިން އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ބަހުސްގެ މޮޑަރޭޓަރ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިތުރަށް ޝިފާއު ވިދާޅުވީ ސަރުކާރުތެރެއިން މުހިއްމު ބިލްތަކަށް ވޯޓަށްއަހާ ގަޑީގައި ނުފިއްލަވާނެކަމުގައެވެ. "ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަން ބޭނުންވާ، މިޤައުމު އިސްލާހްކުރަން ބޭނުންވާ، މިޤައުމުގައިހުރި ކަންތައްތައް ރަނގަޅުކުރަން ބޭނުންވާ ޤާނޫނުތަކަށް ވޯޓްއަހާއިރު އަޅުގަނޑު މަޖިލީހުގައި އިންނާނަން!" ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ އިސްލާމްދީނާއި ފުށުނާރާ ކޮންމެކަމަކަށް އެބޭފުޅާ ވޯޓް ދެއްވާނެކަމުގައެވެ. އިތުރަށް ޝިފާއު ވިދާޅުވީ އެބޭފުޅާގެ ގޮނޑީގެ ކުލަ ނޭގިގެން އެއްވެސް އިރެއްގައި އެބޭފުޅާގެ ދާއިރާގެ އެއްވެސް ރަތްޔިތަކު އުޅޭކަށް ނުޖެހޭނެކަމަށާއި އެބޭފުޅާހުންނަވާނީ ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތު އެންމެފުރިހަމަޔަށް އަދާކުރުން މަތީގައި ކަމަށެވެ.

އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ޝިފާއުގެ އިތުރުން ވާދަކުރަނީ، އަހުމަދު ނަސީރުއާއި، އާދަމް މޫސާގެ އިތުރުން މަޖިލީހުގައި އިހަވަންދޫ ދާއިރާ މިހާރުވެސް ތަމްސީލްކުރައްވަމުން ގެންދަވާ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބުދުﷲއެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

eheyo dhw rayyithunnah gellunhuri bilakah viyas mdp vejjeyyaa milkuveri koshey dhw. <br>thikahala myheh beynumrh noon.

– 10 މާރިޗު 2019 0

maleyga ethadhdhuvahaku ulhefa magaameh beynun v ma raffenna myhunnakah ithubaareh nukurevey. mio hurihaa dhuvahu kobaithoa kae

– 10 މާރިޗު 2019 0

މަޖިލީހުގައި ރައްޔިތުންގެ އަޑު ނީއްވޭ، ހަމައެކަނި ޕާޓީގެ އަޑު އިއްވޭނެ މެމްބަރެއް ރައްޔިތުން ބޭނުމެއް ނުވޭ․ ކޮންމެ ދެޖުމުލަ ދޭތެރެއަށް ސަރުކާރުގެ ކެންޑިޑޭޓޭ ބުނެ ރައްޔިތުންނަށް ބުހުތާނު ދޮގު ނުހައްދަވާ․

– 10 މާރިޗު 2019 1

ރައީސް ޔާމިން އަށް ތާއިދު ކުރައްވާ އިހަވަންދޫ ދާއިރާގެ ރައްޔިތުން ރައީސް ޔާމިން އދިލެއްވި ގޮތަށް، ޕުރޮގުރެސިވް ކޯލިޝަނުން އެދިލެއްވި ގޮތަށް އަޒުމާއެކު ކުރިއަށް ދިއުމަށް ގޮވާލަން․ ރައީސް ނަޝީދުގެ ކިބައިން މިގައުމު ސަލާމަތް ކުރަން އެބަޖެހޭ․ <br> <br>

– 11 މާރިޗު 2019 1

Comment kohfa in myhaa thihen bunaa iru nikan visnaalabela.. thi bunaa nasyru adhi muhammaa aky ihavandhoo ga shifau ulhunu varsh ves ulhefa huri myheh noon..nasyru kae mihaaru ma ma ma rah vegen thiulheny.

– 11 މާރިޗު 2019 2

Hooon..dhn thibunany dhn huri Adam moosa aky VR rashuga ulhefa huri meehekeytha..ihavandhoo rayyithun aadheys Koh Koh ovva..ehn schoolakah gos kiyavaadheyn ehury

– 19 މާރިޗު 2019 0

Adam moosa ladhu gannan jeheyne magaameh othyma ais ihavandhoo raiyyithun kaaryga vote dheyn bunan

– 19 މާރިޗު 2019 0