އިހަވަންދޫގައި މިފަހަރުވެސް ބަހައްޓަނީ 2 ވޯޓް ފޮށި!

23 ފެބުރުއަރީ 2019 2

ރިޔާސީ އިންތިހާބު 2018 ގައި އިހަވަންދޫގެ ވޯޓްލާ މަރުކަޒެއްގައި އޮފިޝަލުން ހަރަކާތެރިވަނީ.

6 އެޕްރީލު 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިހަވަންދޫގައި ވޯޓްލުމަށް ބަހައްޓާނީ ދެ ވޯޓް ފޮށިކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ. މިމަހުގެ 18 ވަނަދުވަހު އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައިވަނީ ހއ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އިހަވަންދޫ އާއި ކެލާ އަދި ބާރަށުގައި 2 ވޯޓް ފޮށި ބަހައްޓާނެކަމަށާއި، ހޯރަފުށީގައި 3 ފޮށި އަދި ދިއްދޫގައި 4 ފޮށި ބަހައްޓާނެކަމުގައެވެ. ދެން ހއ އަތޮޅުގައި ބާކީ ހުރި ރައްތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަށެއްގައި އެއް ވޯޓް ފޮށްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރީގެ އިންތިހާބު ތަކުގައިވެސް އިހަވަންދޫގައި ބަހައްޓާފައިވަނީ 2 ވޯޓް ފޮށްޓެވެ. ނަމަވެސް ވޯޓް ފޮށްޓަށް ވޯޓް ލާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން ވޯޓް ލުމަށް ކިއުގައި އެތައް އިރަކު ތިބެންޖެހެއެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައިވެސް ވޯޓް ލުމަށްޓަކައި އިހަވަންދޫގެ ރައްޔިތުންވަނީ އެތައް ތަކްލީފެއް އުފުލައިފައެވެ.

ރިޔާސީ އިންތިހާބު 2018 ގައި އިހަވަންދޫގައި އާނމުން ވޯޓްލުމަށް އައިސް ކިއުގައި. ވޯޓް ލުމަށް ފުރުސަތު ލިބެނީ އެތައް ގަޑީއިރަކު ކިއުގައި ތިބެގެން. ފޮޓޯ: އިހަވަންދޫ.ކޮމް

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ވޯޓް ފޮށްޓަކަށް ވޯޓްލުމަށް 1000 އަށްވުރެ ގިނަމީހުން ރަޖިސްޓްރީ ކޮށްފިނަމަ އެވޯޓް ފޮށްޓެއް ދެބަޔަށް ބަހާލައި އިތުރު ފޮށްޓެއް ބަހައްޓާނެކަމުގައެވެ.

 ވޯޓް ފޮށި ބެހެއްޓުމުގައި ހަމަހަމަކަމެއްނެތްކަމުގެ ޝަކުވާއަކީ ވޯޓްގެ ކަންކަމުގައި ޝާމިލްވާ ފަރާތްތަކުން އާނމުކޮށް ކުރާ ޝަކުވާއެކެވެ. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި، އިހަވަންދޫއަށްވުރެ 419 މީހުން މަދުން ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ ހޯރަފުށީގައި 3 ވޯޓްފޮށި ބަހައްޓާފައިވާއިރު އިހަވަންދޫއަށްވުރެ 241 މީހުން އިތުރަށް ވޯޓްލުމަށް ރަޖިސްޓްރީކުރި ދިއްދޫގައި 4 ވޯޓްފޮށި ބަހައްޓާފައިވެއެވެ. މީގެއިތުރުން އިހަވަންދޫ ގައި ބަހައްޓާފައިވާ 2 ފޮށިކުރެ ކެންމެ ފޮޓަކަށް ވެސް 850 އަށްވުރެ ގިނަ މީހުން ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު، ކެލާ އަދި ބާރަށުގައި 790 އެއްހާ މީހުން ވޯޓްލުމަށް 2 ފޮށި ބަހައްޓާފައިވެއެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހޯރަފުއްޓާ އިހަވަންދޫއާ ދެމެދު އިލެކްޝަން އިން ހާދަ ބޮޑު ތަފާތު ކަމެކޭ ތިގެންގުޅުއްވަނީ․ އިހ

– 25 ފެބުރުއަރީ 2019 0

mifaharu hovany Nasser, Naseer aky enme gaabil canditate , Naseer Naseer

– 27 ފެބުރުއަރީ 2019 0