[HEADER BANNER]
[AD]

ފުރަތަމަ ދުވަހު 2 ގަޑިއިރުތެރޭގައި 100 އަށްވުރެ ގިނަ ފޯރމު

12 ފެބުރުއަރީ 2013 0

އިހަވަންދޫއިން ގެވަޅު ދޫކުރުމަށް ފޯމު ނެގުމަށް ހުޅުވައިލުމަށް ފަހު ފުރަތަމަ ދުވަހު 100 އަށް ވުރެ ގިނަ ފޯރމު ދޫކޮށްފައިވާކަމަށް ކައުންސިލްގެ ރައީސް އަލްފާޞިލް މުޙައްމަދު ސަމީރު ހާމަކުރައްވައިފިއެވެ. ފޯރމު ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް، ފުރުޞަތު ހުޅާވާލައިފާވާއިރު ގިނަބަޔަކު ކިޔުގައި ޖެހިގެން މިމަހުގެ 11 ވީ ހޯމަދުވަހު ކައުންސިލް އިދާރާގައި ފޯމުނެގުމަށް ތިބިކަން ފާހަގަކުރެވިފައިވެއެވެ.

" މިމަހުގެ 11 އިން ފެށިގެން އަންނަމަހުގެ 10 އަކާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ މެންދުރުކުރި 10:00 ން 12:00 އަށް ފޯމު ހުށައެޅުމުގެ ފުރުޞަތު އެވަނީ ހުޅުވައިލާފަ. މިކަން ނޭންގޭތީކަންނޭގެ ކިޔު ހަދައިގެން ގިނަބަޔަކު އެތިބެނީ. މާލޭގަ ތިބި ފަރާތަކަށާއި ރަށުން ބޭރުގައި ތިބި ފަރާތްތަކަށްވެސް ފުރުޞަތު ދިނުމަށްޓަކައި އެމީހުން ސީދާ އެތަނަށް ޙާޒިރުނުވެ ބަދަލުގައި މީހަކު ފޮނުވައިގެން ފޯރމު ނެގޭނޭ އިންތިޒާމްވެސް އެވަނީ ހަމަޖެހިފައި. އެހެން ނަމަވެސް، ބަދަލުގައި ޙާޒިރުވާ ފަރާތުން ޖެހޭނެ ސިޓީއެއް ހުށައަޅަށް. " ކައުންސިލްގެ ރައީސް ހާމަކުރެއްވިއެވެ.

ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، ގެވަޅު ދޫކުރާކަން އިޢުލާނު ކުރި އިޢުލާނުގައިވެސް، ވަރަށް ސާފުކޮށް، މިވާހަކަތައް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

އިހަވަންދޫ އިން ގެވަޅު ދޫނުކުރާތާ 6 އަހަރަށްފަހުގައި ގެވަޅު ހޯދުމަށް އެދުމަށް ހުޅުވައިލި ފުރުޞަތުގައި މިހާގިނަ އަދަދަކަށް ފޯރމު ހުށައަޅަމުން ދިޔަ ނަމަވެސް، ގެވަޅު ދޫކުރުމަށް ކޮށްފައިވާ އިޢުލާނުގައި ހާމަކޮށްފައިވާ ގޮތުންނަމަ މިބުރުގައި ދޫކުރާނީ 1600 އަކަފޫޓުގެ 60 ގޯއްޗެވެ. ނަމަވެސް، މިއަދަދަކީ، އިހަވަންދޫ އިން ގެވަޅު ދޫކުރުމުގެ ހުއްދަހޯދުމަށް އެދުނު އަދަދަށްވުރެ އެތައްތަނެއް ކުޑައަދަދެއްކަމަށް ކައުންސިލްގެ ރައީސް ހާމަކުރެއްވިއެވެ.

" މަސައްކަތް ކުރަމުން މިދަނީ އަދިވެސް މިއަދަދު އިތުރުކުރެވޭތޯ! މިކަމާ ގުޅޭގޮތުން އެއްޗެކޭ ބުނަންއެނގޭނީ ފަހުން." ކައުންސިލްގެ ރައީސް ސަމީރު ވިދާޅުވިއެވެ.

 

[BOTTOM CONTENT BANNER]
ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ