[HEADER BANNER]
[AD]

ޔުނައިޓެޑް ޔޫތުގެ މޭނޭޖަރަކަށް ފުރަތަމަ ފަހަރަށް ކަނބަލެއް!

25 ނޮވެމްބަރު 2018 3

މައި ކަޕް 2018 ގައި ވާދަކުރާ ޔުނައިޓެޑް ޔޫތުގެ މޭނޭޖަރަކަށް ފުރަތަމަ ފަހަރަށް އަންހެން ކަނބަލެއް އައްޔަން ކޮށްފިއެވެ. އެ މަޤާމަށް ހަމަޖައްސާފައިވަނީ ހއ.އިހަވަންދޫ، އަންބަރީގެ މަރިޔަމް ޝިފާޒާއެވެ.

އެ މަޤާމަށް ޝިފާ އައްޔަން ކުރިކަން ހާމަކޮށްފައިވަނީ އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުން މިއަދުގެ ވަގުތެއްގައި ޢާއްމު ކޮށްފައިވާ ވީޑިއޯ ޕޯސްޓަކުންނެވެ. މިކަމާ ގުޅިގެން ޝިފާ ވިދާޅުވީ އޭނާއަށް މި ފަދަ ފުރުސަތެއް ދެއްވީތީ އުފާކުރާ ކަމަށާއި އެކަމަށްޓަކައި ޔުނައިޓެޑް ޔޫތުގެ މޭނޭޖްމެންޓަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މުޖުތަމަޢުގައި އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި ކޮންމެ ލެވެލް އެއް ގައި ވެސް އަންހެނުންނަށް ހަރަކާތްތެރި ވެވިދާނެކަމަށެވެ. މީގެ އިތުރުން ޝިފާޒާ ވިދާޅުވީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތް ކޮށްގެން މިއަހަރުގެ މައި ކަޕް ތަށި ޔުނައިޓެޑްޔޫތަށް އުފުލައިލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޝިފާޒާގެ ގެ މި ނިންމުމާއެކު ގިނަބަޔަކު ދަނީ ޝޯޝަލް މީޑިޔާގައި އޭނާއަށް ތަޢުރީފު ކޮށް މަރުހަބާގެ ޝުޢޫރުތައް ފާޅު ކުރަމުންނެވެ. މި ކަމާ ގުޅޭގޮތުން ޔުނައިޓެޑް ޔޫތުގެ ފަރާތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން އެ ޓީމުގެ މީޑީޔާ ކޯޑިނޭޓާރ ޢަލީ ފަޔާޒް ވިދާޅުވީ ޓީމުގެ މޭނޭޖަރަކަށް އަންހެން ކަނބަލަކު ހަމަޖެއްސީ މިހާރަކަށް އައިސް  ފުޓްބޯޅަ އަކީ އަންހެނުންގެ މެދުގައި މަޤުބޫލު ކުޅިވަރަކަށްވެފައި މި ފަދަ މަޤާމުތައް އަދާކުރުމުގައި އަންހެން ކަނބަލުންނަށްވެސް ހަމަހަމަ ފުރުސަތުތައް ލިބެން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އަދި ޝިފާޒާއާއި މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެބޭފުޅާއަކީ އެފަދަ މަޤާމެއް އަދާކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން ހުރި ކަނބަލެއް ކަމަށެވެ. ޔުނައިޓެޑް ޔޫތަކީ 2014 ވަނަ އަހަރު އުފެދި  ފުޓުބޯޅައިގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ އަދި މި ދާއިރައިގައި ތަފާތު އައު ކަންތައްތަކެއް ތަޢާރަފު ކުރަމުންދާ އިހަވަންދޫގެ މަޤުބޫލު ފުޓްބޯޅަ ޓީމެކެވެ.

[BOTTOM CONTENT BANNER]
ޔުނައިޓެޑް ޔޫތު, މައިކަޕް 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

"އަންހެން ކަނބަލެއް" ފިރިހެން ކަނބަލުން ވެސް އުޅޭތޯ....

– 25 ނޮވެމްބަރު 2018 2

Ma hee hee halaak..

– 26 ނޮވެމްބަރު 2018 1

Mivaruge heyo veri kameh ga shifaza ah dheven oii magaamagee thee thi to

– 26 ނޮވެމްބަރު 2018 1