މާދަމާއަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއް!

17 ނޮވެމްބަރު 2018 0

މާދަމާ (18 ނޮވެމްބަރ 2018) އަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރުމަށް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތަށްފަހުއެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، މިއީ އިބޫ އެންމެ ފުރަތަމަ ނިންމެވި ނިންމެވުމެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، އެކަމުގެ މުނާސަބަތުގައި ކުޅިވަރު ހަރަކާތްތަކެއް މާދަމާ އާއި އަނެއް ދުވަހަށް ރާވާފައިވާއިރު، ސަރުކާރު މާދަމާ ބަންދުކުރާނެ ކަމަށް ކުރިންވެސް ބެލެވުނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ