[HEADER BANNER]
[AD]

6 އަހަރަށްފަހު އިހަވަންދޫން ގޯތި ދޫކުރަނީ

8 ފެބުރުއަރީ 2013 0

ބަޔަކު ގެވަޅެއް ސާފުކުރަނީ ފޮޓޯ: އިހަވަންދޫ ޑޮޓްކޮމް

ގިނަ ދުވަސްތަކަކަށްފަހު އިހަވަންދޫން ގޯތި ދޫކުރުމަށް ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު އިހަވަންދޫ ޑޮޓްކޮމް އަށް ލިބިއްޖެއެވެ.

އިހަވަންދޫކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު އިހަވަންދޫޑޮޓްކޮމް އަށް މަޢުލޫމާތު ދެއްވަމުން ހާމަކުރެއްވި ގޮތުގައި އިހަވަންދޫން ގޯތި ދޫކުރުމަށްޓަކައި ހޯދަން ޖެހޭ އެންމެހާ ހުއްދަތައް ކަމާބެހޭ ފަރާތްތަކުން ނިމިދިޔަ ހަފުތާތެރޭގައި އެކައުންސިލަށް ލިބިފައިވާ ކަމަށާއި، އެހެންކަމުން މިފެށޭ ހަފުތާގެ ތެރޭގައި ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުޞަތު ކައުންސިލް އިދާރާއިން ހުޅުވާލާނެކަމަށެވެ.

މިފަހަރު އިހަވަންދޫން ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ ބޮޑުމިން ކައުންސިލުން އަދި ހާމަ ކޮށްފަިއ ނުވާއިރު، ސަމީރު އިތުރަށް ހާމަކުރައްވާފައި ވަނީި ގޯއްޗަށްއެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާ އިޢުލާނުގައި، މިފަހަރު ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ ބޮޑުމިނާއި އަދި އެހެނިހެން މަޢުލޫމާތު ހިމެނޭނެ ކަމަށެވެ.

އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވަނީ މީގެ 6 އަހަރު ކުރިން 2008 ވަނަ އަހަރު އެވެ. އެފަހަރު ދޫކޮށްފައިވަނީ 1600 އަކަފޫޓުގެ ގޯއްޗެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ