ޖަނަރޭޓަރަށް މައްސަލަޖެހި އިހަވަންދޫއިން ކަރަންޓް ކަނޑަނީ

5 އޮކްޓޫބަރު 2018 0

ހއ. އިހަވަންދޫ، ފޮޓޯ: އިހަވަންދޫ.ކޮމް

ފެނަކަ ކޯޕަރޭޝަނުން އިހަވަންދޫގައި ހިންގާ އިންޖީނުގޭގައި ބޭނުންކުރާ 600 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓަށް މައްސަލަޖެހި ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖަނަރޭޓަރަށް ދިމާވެފައިވަނީ ބޮޑު މައްސަލައެކެވެ. އެހެން ކަމުން އެމައްސަލަ ހައްލުކުރުމަށް ގިނަވަގުތު ހޭދަވުން އެކަށީގެންވެއެވެ. އިންޖީނަށް މައްސަލަ ދިމާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން ބުނެފައިވަނީ، ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން ދާނެކަމަށާއި، ކަރަންޓް ލިބޭ ވަގުތު ތަކުގައި ވިހާވެސް ކަރަންޓްގެ ލޯޑް ކުޑަވާނެގޮތަށް ކަރަންޓް ބޭނުންކުރުމަށް އެދޭކަމަށެވެ.

 

އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ