ކައުންސިލް ސަސްޕެންޑްކުރަނީ ބައެއްގެ އަމިއްލަ މުހުތާދު ތަކެއް ފުއްދަން – މުހައްމަދު ރަޝީދު


އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައީސް. ފޮޓޯ: ހަސަން ފަހުދު / ނެކްސްޓް އިފެކްޓް

އަންނަ އާދިއްތަ ދުވަހުންފެށިގެން އިހަވަންދޫ ކައުންސިލް ދެވަނަ ފަހަރަށް ސަސްޕެންޑްކުރަނީ ބައެއްގެ އަމިއްލަ މުހަތާދުތަކެއް ފުއްދަންކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ކައުންސިލް ސަސްޕެންޑް ކުރަނީ ބަޔަކަށް އަމިއްލަ މުހުތާދުތަކެއް ފުއްދައިދިނުމަށް ކަމަށް ވިދާޅުވެ މުހައްމަދު ރަޝީދުވަނީ ސީރިޔަސް ތުހުމަތު ތަކެއް ކުރައްވާފައެވެ. އެބޭފުޅާ ކުރައްވާފައިވާ ތުހުމަތުތަކުގެ ތެރޭގައި ހަރުގެވަޅު ތަކެއް ބަޔަކަށް ދިނުމާއި، ގެވަޅުކޮމިޓީ އިސްވެ އޮވެ ރަސްމީ ލިޔެކިޔުމުގެ ތެރެއަށް އިތުރު ކޮށްފައިވާ (މައްމަ ނުވަތަ ބައްޕަ ބަލާކަމުގު) ލިޔުންތައް އެފޯމްތަކުން ނަގައި ހެކި ނައްތާލުމާއި، ވަކި ފަރުދަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ބަނދަރުން ބިން ދިނުމުގެ އިތުރުން ރައްޔިތުންނަށް އެތައްކަމެއް އޮޅުވައިލުމަށްކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މުހައްމަދު ރަޝީދު އިތުރަށް ވިދާޅުވީ، އެކަންކަމުގައި ހިމެނޭ ފަރާތްތަކާއި އެކަންކަމާއި ގުޅުންހުރި އެންމެހާ ކަންކަން ރައްޔިތުންނަށް ތިލަކުރަމުން ގެންދާނެކަމަށެވެ.

އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން މުސާރަ ނުލިބޭގޮތަށް އަނެއްކާވެސް 3 މަހަށް ސަސްޕެންޑްކުރަން ނިންމާފައިވާއިރު ކައުންސިލަރުން ސަސްޕެންޑް ކުރަން ނިންމީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމަށް ބުނެއެވެ. އެކަމަށް ރައްދު ދެއްވަމުން މުހައްމަދު ރަޝީދު ވިދާޅުވީ، ދައުލަތުގެ މުވައްޒަފަކު އެމީހަކު ރަސްމީކޮށް ކުރަމުންދާ ކަމަކަށް ހުރަސް އެޅުމަކީ ޖިނާއީ ބޮޑު ކުށެއްކަމަށާއި، ޖިނާއީ ކުށްތައް ތަހުޤީގުކުރުމަށް ފުލުހުން ތިބޭކަމުގައެވެ. މުހައްމަދު ރަޝީދު ވަނީ އެލްޖީއޭއިން ޖިނާއީ ކުށުގެ ތަހުޤީގު ހިންގައި ޙުކުން ނެރެމުންދާކަމަށް އިޝަރާތްކުރައްވައި އަކަން އެގޮތަށް ނުކުރެވޭނެކަމަށް ވިދާޅުވެ ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.

މުހައްމަދު ރަޝީދުވަނީ ފެނަކަ އިހަވަންދޫ ބްރާންޗްގައި މަސައްކަތްކުރާ މުވަޒަފެއް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް ފާހަގަ ކުރައްވާފައެވެ. އެޕޯސްޓްގައިވަނީ "ހާދަ ލަސްވޭބަޔޭ ކައުންސިލް ގައަށް ވަށްދާލެއް. އަވަސްކޮށް ދީބަލަ" އެވެ. އެޕޯސްޓަށް އިޝާރާތް ކުރައްވާ މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލް ސަސްޕެންޑް ނުވެގެން އުޅުނު މިފަދަ ކުދިންނަށް އިޙްތިރާމާއި އެކު މަރުޙަބާ ކިޔާކަމުގައެވެ. އަދި އެބޭފުޅާގެ ހިއްބަރުކަމެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން ކަމަށްބުނެ، 31 ޖެނުއަރީ 2018 އިން ފެށިގެން މުސާރަ ނުލިބޭގޮތަށް 3 މަސްދުވަހަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާއިރު، ސަސްޕެންޝަނަށް ފަހު ކައުންސިލަރުން އޮފީހަށް ނުކުމެފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އަނެއްކާވެސް އޭގެ އެއް މަސްފަހުން ކައުންސިލް ސަސްޕެންޑްކުރަން މިވަނީ ނިންމާފައެވެ.

އިހަވަންދޫ ކައުންސިލް, ކައުންސިލްގެ ރައީސް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މޮހޮނދު މޮޅު ވާހަކަ ނުދައްކާ ކަލޭމައްޗަށް ޖިނާއީ ތަހުޤީޤު ކުރުމަށް ފުލުހުންނަށް ހުށަހަޅަން ވެސް ނިންމާފަ އޮތީ އެލްޖީއޭގެ ނިންމުމުގަ.. ޤާނޫނަކާ ހިލާފުކަމެއް ކުރީމަ ސަސްޕެންޑުވެސް ކުރެވޭނެކަމަށް އުޞޫލުގަ ވެސް އޮވޭ..ދެންވެސް ޖެލެންޖު ނުކޮށް ހިމޭނުން ހުރޭ.. ތެޅުނު ތެޅުނު ހެން ދާނި ހުޅުނބު.. އަދި ބޮޑެތި މައްސަލަތަކުވެ ޖިނާޢީ ދައުވާކުރުން އޮތީ ކުރިޔަށް

– 1 ޖޫން 2018 5

އިހަވަންދޫ ރައްޔިތުން ދިން ވޯޓްގައި އަތްއަޅާގެން ޕީޕީއަށް ވޯޓް މަދުވުން ނޫންކަމެއް ނުވާނެ!

– 1 ޖޫން 2018 0

Mode kaley moya nugova madun hurey

– 1 ޖޫން 2018 1