އިހަވަންދޫން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް އާއްމުކޮށްފި

30 އޭޕުރީލު 2018 2

ހއ. އިހަވަންދޫން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް 2016 ވަނަ އަހަރު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމު ކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި އިހަވަންދޫ ކައުންސިލުން މިއަދު އާއްމު ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މި ލިސްޓު އިހަވަންދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުތަކުގައި ވެސް ބަހައްޓާފައި ހުންނާނެ އެވެ.

އެ އިޢުލާނުގައި ވަނީ  ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓާމެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން އިހަވަންދޫ ކައުންސިލްގެ އިދާރާއަށް 21 މެއި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުއްވުމަށެވެ.

ގޯތިތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގައި ކަމަށް އިހަވަންދޫ ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

ޝަރުތު ހަމަވުމުގެ ސަބަބުން ޕޮއިންޓު ދީފައިވާ 401 މީހުން ލިސްޓުގައި ތިބިއިރު މިފަހަރު ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ 100 މީހުންނަށެވެ.

އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު (ޕޮއިންޓް ލިބިފައިވާ ގޮތަށް ތަރުތީބު ކުރެވިފައި)

އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު ( ގެޒެޓު: ޢިއުލާން)

 

ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުތަކުން ތިޔަ ބުނާ ލިސްޓެއް ނުފެނުނު․ <br>ގެޒެޓް ކިޔާ ކިޔާ ވަރުބަލިވިއިރުވެސް ތިޔަ ބުނާ އިއުލާނެއް ނުފެނު․ <br>މިސައިޓުންވެސް އަހަރެމެން ގުނބޯ ހައްދަނީތަ؟

– 30 އޭޕުރީލު 2018 0

ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ․ މީހުންގެ ހައްޤުތަކަށް ބިރަކާ ނުލާ އަރާގަންނަމުންދާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވާ އެބައިމީހުން ހެޔޮވެގެންވާ މަގަށް ރުޖޫޢަ ކުރައްވާންދޭވެ․ އާމީން

– 8 މެއި 2018 0