ސިފައިންގެ ފޮޓޯ މަޢުރަޒު ހއ.މޮޅަދޫގައި ބާއްވަނީ

18 އޭޕުރީލު 2018 0

126 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ބާއްވާ "21 ވަނަ ސިފައިންގެ ފޮޓޯ މަޢުރަޒު" ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ އުފަން ރަށްކަމުގައިވާ ހއ.މޮޅަދޫގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައި ވާގޮތުގައި މިއަހަރުގެ ސިފައިންގެ ފޮޓޯ މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ސިފައިންގެ އަހަރީ ދުވަސްކަމުގައިވާ 21 އޭޕްރީލްވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، ހއ.މުޅަދޫ ސްކޫލު ހޯލުތެރޭގައެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި އަދި އޭގެއިތުރުން ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިފަހަރު ފޮޓޯ މަޢުރަޒު، ހއ.މޮޅަދޫގައި ބޭއްވުމަށް ނިންމާފައި މިވަނީ،  އެ ރަށަކީ ތިނެއް ނޮވެމްބަރ ގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި، ކޯޕްރަލް މުޙައްމަދު އިބްރާހީމް (މެކާނޯ) ގެ އުފަން ރަށް ކަމުގައިވާތީ، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމްގެ ޒިކުރާ އާކުރުމުގެ ގޮތުންކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވއެވެ.

 މި ފޮޓޯ މަޢުރަޒަކީ، އެމްއެންޑީއެފް ނޮދަން އޭރިއާ އާއި އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އަދި ހއ.މޮޅަދޫ ކައުންސިލު އިދާރާ ގުޅިގެން ކުރިއަށްގެންދާ ފޮޓޯ މަޢުރަޒެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ