[HEADER BANNER]
[AD]

މިނިވަން ޗެމްޕިއަންޝިޕް: އިހަވަންދޫގެ ފުރަތަމަ މެޗް އަންނަމަހު 5 ގައި

25 ފެބުރުއަރީ 2018 3

މިނިވަން ޗެމްޕިއަންޝިޕްގައި ހއ އަތޮޅުގެ މެޗުތައް އަންނަ މާޗް މަހު 5 ވާ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރަން ޖެހޭނީ އިހަވަންދޫ އަދި ދިއްދޫއެވެ. މިމެޗް ކުޅެނީ އެދުވަހުގެ 15:45 ގައި ދިއްދޫގައެވެ.

މިމުބާރާތުގެ ހއ އަތޮޅުން ބައިވެރިވެފައިވަނީ ދިއްދޫ، މުރައިދޫ އަދި އިހަވަންދޫ އެވެ. އަދި މިމުބާރާތުގެ ހއ އަތޮޅުބުރު ހޯސްޓް ކުރާނީ ދިއްދޫގައެވެ.

ހއ އަތޮޅުބުރުގެ ދެވަނަ މެޗްގައި އަންނަ މާޗްމަހުގެ 9 ވަނަދުވަހު ވާދަކުރާނީ މުރާދޫއާއި އިހަވަންދޫއެވެ. އަދި ހއ އަތޮޅުބުރުގެ ފަހު މެޗްގައި އަންނަމަ މާޗް މަހު 12 ވަނަ ދުވަހު ވާދަކުރާނީ މުރައިދޫ އަދި ދިއްދޫއެވެ.

ހއ އަތޮޅުބުރުގެ ފައިނަލްމެޗް އޮންނާނީ 15 މާޗްގައެވެ. އެމެޗްގައި ވާދަކުރާނީ އެންމެގިނައިން ޕޮއިންޓް ލިބޭ ދެޓީމެވެ. މިމެޗް ކާމިޔާބުކުރާ ޓީމުން ވާދަކުރަން ޖެހޭނީ ޒޯން އެކެއްގެ ފައިނަލްގައި، ހދ އަތޮޅުބުރުގެ އެއްވަނަ ޓީމާއެވެ.

މިފަހަރުގެ މިމުބާރާތުގައި އިހަވަންދޫ ތަމްސީލްކުރާނީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, އިމަގު ޖަމިއްޔާ, ހއ. މުރައިދޫ, ހއ. ދިއްދޫ, މިނިވަން ޗެމްޕިއަންޝިޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެހެންވީއިރު ތަށި އިހަވަންދޫއަށް <br>

– 25 ފެބުރުއަރީ 2018 0

އިހަވަންދޫ ޓީމުގެ ޕުރެކްޓިސް ނުފަށާތީ، ޕީޕީއެމްގެ ނުފޫޒުން އެލްޖީއޭއީން ސަސްޕެންޑު ކޮށްފަވާ އިހަވަންދޫގެ 5 ކައުންސިލަރުންނަށް ޕީޕީއެމް ކުދިން ވަރަށް ފާޑުކިޔާބަ․ ޕީޕީއެމް ކުދިން ބުނަނީ ކައުންސިލަރުން ސަސްޕެންޑު ކުރިޔަސް ކައުންސިލަށް ވަދެ، ޓީމު އެކުލަވާލުމާ ޓީމުގެ ބައްދަލުވުން ބޭއްވުމާ ޕުރެކުޓިސް ކުރިއަށް ގެންދިއުމަށް ކައުންސިލަރުންނަށް މަނާ ނުވާނެ ކަމަށާ އެއީ ކައުންސިލަރުން ކުރަންޖެހޭނެ ކަމެއްކަމަށް، އަދި ކައުންސިލަރުން އެކަން ނުކުރަނަމީ އެބާމީހުންގެ ނާގާބިލްކަމުން ކަމަށް․ އެކަމަކު، ޕީޕީއެމްގެ ނުފޫޒާއެކު، އެލްޖީއޭއިން ކައުންސިލަރުންނަށް އަނގާފަ ވަނީ ކައުންސިލް އިދާރާއަށް ވަންނަންވާނީ ހަމައެކަނި އެތަނުންދޭ ހިދުމަތެއް ލިބިގަތުމަށް ކަމަށް․ ކައުންސިލް ހިންގުން ޒިންމާދާރު ކަމެއް ނެތް ޒިންމާދާރުވެރިޔަކަށް ހަވާލުކުރުމުން ޕީޕީ ކުދިން މިވަނީ އަތަށްގޮވާފަ․ ވަރަށް ސަލާމް․

– 26 ފެބުރުއަރީ 2018 1

މުބާރާތުގައި ބާވެރިވެފައިވަނީ އިހަވަންދޫ އިމަގު ޖަމިއްޔާއިން، ކައުންސިލް އަކުންނޫން․․․

– 1 މާރިޗު 2018 0