[HEADER BANNER]
[AD]

ފާޙިޝް މަންޒަރުތައް ބްރޯޑްކާސްޓް ކުރި މައްސަލަ ކޮމިޝަނަށް

3 ޖެނުއަރީ 2018 2

އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ޝޯގެ ތެރެއިން. ފޮޓޯ: މިހާރު

2018 ވަނަ އަހަރަށް މަރުހަބާ ކިއުމަށް ސަރުކާރުން ބޭއްވި މިއުޒިކް ޝޯވގައި ނިވާކަން ކުޑަ ހެދުން އަޅައިގެން ހިންގި ހަރަކާތް ދައުލަތުގެ މީޑިއާ ޓީވީއެމް އިން ދެއްކި މައްސަލަ ބަލައި ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައަޅައިފިއެވެ. 

އެ ޝޯވގައި "ފާހިޝް އަމަލުތަކެއް" ހިންގާފައިވާކަމަށާއި އެމަންޒަރުތައް ޓީވީއެމްއިން ލައިވްކޮށް ދެއްކި މައްސަލަ ބަލައިދިނުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށައަޅާފައިވަނީ ޖަމިއްޔަތުލް ސަލަފުންނެވެ.

 

އާއަހަރު ފާހަގަކުރުމަށް ބޭއްވި ޝޯ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑކާސްޓްކުރުމުގެ ޤަވާޢިދުތަކާއި އަދި އޭގެ ދަށުން ހެދިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު) އާ ޚިލާފުވެފައިވާ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ވަނީ ބުނެފައެވެ.


ޓީވީއެމްއިން އެ ޝޯގެ މަންޒަރުތައް ލައިވްކޮށް ދެއްކި މައްސަލަ ބްރޯޑްކާޝްޓިންގ ކޮމިޝަނަށް ހުށައަޅާފައިވާއިރު، ޝޯގެ ކަންކަން ކުރި ފަރާތްތަކާއި މެދު ފިޔަވަޅު ވަޅައިދިނުމަށް ހޯމް މިނިސްޓްރީ އަށާއި ފުލުހުންނަށްވެސް ސަލަފް ޖަމިއްޔާއިންވަނީ ހުށައަޅާފައެވެ.

ޝޯވގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށައަޅާފައިވާއިރު އެ ޝޯވގައި ނިވާކަން ކުޑަ ހެދުން އެޅި މައްސަލާގައި ޝޯވ އިންތިޒާމްކުރި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީން ރޭ ވަނީ މައާފަށް ވެސް އެދިފައެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިއުޅޭމީހުނާހެދި ތަރައްގީގެނެވޭކަށްނެތް

– 3 ޖެނުއަރީ 2018 0

ސަލަފަކީ ރައީސް ޔާމިން ރާއްޖެ އަށް ގެނަނަ ތަރައްގީތައް ހުއްޓުވުމަށް ފޫގަޅާފައިވާ ބައެއް․

– 4 ޖެނުއަރީ 2018 1