[HEADER BANNER]
[AD]

އަންނަ އަހަރު ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަނީ

15 ނޮވެމްބަރު 2017 0

އަންނަ އަހަރު ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހިމަނައިފިއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ދެންމެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ ހިމަނައިފިވެއެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި ސިވިލް ސާވަންޓުންނަށް 1000 ފްލެޓް ހަމަޖެހިގެންދާނެ ކަމަށް ވެސް މަޖިލީހަށް ބަޖެޓް ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވިއެވެ. ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރަން މި ނިންމީ، މުސާރަ ބޮޑުނުކޮށްގެން ސިވިލް ސާވަންޓުން ޝަކުވާ ކުރަމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ އެންމެ ފަހުން ބޮޑުކުރީ، މީގެ އަށް އަހަރު ކުރިންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް މިއަދު ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ. އެއީ ގާނޫނުއަސާސީގައިވާ ގޮތުން ބަޖެޓު ފާސްކުރަން ބާއްވާ ޖަލްސާއަށް 43 މެމްބަރުން ހާޒިރުވެ ތިއްބަވަން ޖެހޭތީއެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ