ސާވިސްސެންޓަރަކާއި އެކު ޝީޝާ އައުޓްލެޓެއް ކުޅުދުއްފުށީގައި ހުޅުވައިފި

27 އޮކްޓޫބަރު 2017 0

ހޮންޑާ ބްރޭންޑުގެ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ ކުންފުނީގެ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓަރ ސެންޓަރެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނި ޝީޝާ އިން ވިދާޅުވީ މާދަމާއިން ފެށިގެން އައުޓްލެޓުން ވިޔަފާރި ކުރުމުގެ ފުރުސަތު ކުޅުދުއްފުށީގައި އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.

މިކަމަށްޓަކާ މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުވައިދެއްވީ ޝީޝާގެ ޑިރެކްޓަރު ހުސެއިން ހުޝާމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝީޝާގެ ސީއީއޯ  އިބުރާހިމް ހުޝާމް ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވާ ޝޯ ރޫމްއިންވެސް މާލޭއާ އެއް އަގެއްގައި ސައިކަލު ލިބެންހުންނާނެ ކަމަށެވެ. އަދި ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރުމާއި ސާވިސް ކުރުމާއި އަދި ސައިކަލަށް ބޭނުންވާ ސްޕެއަރވެސް ލިބެން ހުންނާނެ ކަމަށެވެ.

މި ސެންޓަރުން ސައިކަލުގެ ވިޔަފާރީގެ އިތުރުން ހޮންޑާ ޕަވަރ ޕްރޮޑަކްޓްސް އާއި ފެން ޕަންޕް އާއި ހުރިހާ ބުރޭންޑެއްގެ ޖަނަރޭޓަރުވެސް ވިއްކަ އެވެ. ވިޔަފާރިއަށް މާދަމާ ހުޅުވާލަން ނިންމާފައިވާއިރު ނޮވެމްބަރުމަހުގެ ނިޔަލަށް އެތަނުން ބައްލަވައިގަންނަ ކޮންމެ ސައިކަލެއްގެ ފުރަތަމަ ސާވިސް ލިބިވަޑައިގަންނަވާނީ މުޅި ހިލޭ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ