ދިއްދޫގައި ބާއްވާ ސްވިމިންގ ކޯޗިންގ ކްލިނިކްގައި ބައިވެރިވުމަށް ހުޅުވާލައިފި

22 އޮކްޓޫބަރު 2017 0

ބައިނަލްއަގްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްއިއްޔާ، ފީނާއިން ހއ ދިއްދޫގައި ބާއްވާ އޯޕަން ވޯޓަރ ސްވިމިންގ ބޭސިކް ކޯޗިންގ ކްލިނިކްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ކޯޗިންގ ކްލިނިކް އޮންނާނީ 2017 އޮކްޓޯބަރ 26 ން 31 އަށް ހއ.ދިއްދޫގައެވެ. މި ޕްރޮގްރާމުގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، 24 އޮކްޓޯބަރ ވާ އަންގާރަ ދުވަހުގެ 13:00 ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަ ކުރައްވައެވެ.

 މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރު ފުރިފައިވާ ބައިވެރިންނަށެވެ. މީގެ އިތުރުން އިނގިރޭސިބަހުން ރަނގަޅަށް ލިޔަން ކިޔަން އަދި ވާހަކަދައްކަން އިނގޭ އަދި ރަނގަޅަށް ފަތަން އެނގޭ މީހެއް ކަމުގައިވުންވެސް ޝަރުތުގައި ހިމެނެއެވެ.

މި ކޯޗިންގ ކުލިނިކުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައި ނުވާއިރު ދަތުރުފަތުރާއި އަދި ހުރުމުގެ ކަންތައްތައް ހަމަޖައްސަން ވާނީ ބައިވެރިން އަމިއްލައަށް ކަމަށް އެ އެސޯސިއޭޝަން އިން ހާމަ ކުރެއެވެ. މިކުލިނިކް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 26 ން 31 އޮކްޓޯބަރ 2017 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 12:00 އަށް އަދި ހަވީރު 16:00 ން 18:00 އަށެވެ. ބައިވެރިވުމަށް އެދޭ ފޯމް

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ