[HEADER BANNER]
[AD]

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

6 ސެޕްޓެމްބަރު 2017 0

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ. އެގޮތުން  ޕެޓްރޯލް ލީޓަރަކުން 30ލ އަދި ޑީސަލް ލީޓަރަކުން 10ލ ވަނީ ބޮޑު ކޮށްފައެވެ. މި ބަދަލާއިއެކު ކުރިން 8.65ރ ރުފިޔާއަށް ވިއްކަމުންދިޔަ  ޕެޓިރޯލް ލީޓަރެއް ދެން ލިބޭނީ 8.95ރ އަށެވެ. އަދި ކުރިން 8.44ރ އަށް ވިއްކި ޑީސަލް ލީޓަރެއް ދެން ގަންނަންލިބޭނީ 8.64ރ އަށެވެ.

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ގަންނަ ސަޕްލަޔަރުންނަށް އެ ބާވަތް ވިއްކާ އަގު މިދިޔަ އޯގަސްޓް މަހު ބޮޑު ކުރި އެވެ. އެގޮތުން އެސްޓީއޯގެދަށުން ހިންގަމުން އަންނަ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް އިން ސަޕްލަޔަރުންނަށް ވިއްކާ ޑީސަލް ލީޓަރަކުން 43 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ބޮޑުކޮށްފަ އެވެ. އެ ގަދަލާ އެކު ރަށްރަށުގައި އާންމުންނަށް ތެޔޮ ގަންނަން ލިބޭ އަގު ވަނީ ބޮޑުވެފައެވެ.

ތެލުގެ އަގަށް މިއައި ބަލަދަލާއިއެކު ކަރަންޓްގެ އަގަށްވެސް ބަދަލު އަންނާނެކަމަށް ބެލެވެއެވެ. އެއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަރަންޓްގެ އަގަށް ބަދަލުގެނެސްފައިވާ ގޮތުން ފެނަކައަށް ޑީސަލް ލިޓަރެއް ގަންނަން ލިބޭއަގު 8ރ އަށް ވުރެ ބޮޑު ވާ ނަމަ އިތުރުވާ ކޮންމެ 10 ލާރިއަކަށް ތިން ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ މޯލްޑިވްސް އެނާޖީ އޮތޯރިޓީން ދީފައިވާތީއެވެ.

[BOTTOM CONTENT BANNER]
އެސްޓީއޯ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ