ކުޅުދުއްފުށީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ހޮޅިދަނޑިއަކަށް އަރައިފި

31 އޮގަސްޓު 2017 0

ފޮޓޯ: ފޭސްބުކުޕޭޖް، ތިލަދުންމަތި

ކުޅުދުއްފުށީ އަމީނީމަގު ދުއްވާފައި ދިޔަ ކާރެއް ކޮންޓޯލް ނުކުރެވިގޮސް މަގު މެދުގައި ހުރި ހޮޅިދަނޑިއަކަށް އަރައި ގެންލުންވެއްޖެ އެވެ.

ދާދި ދެންމެއަކު ހިނގި މިއެކްސިޑެންޓްގައި ކާރުގެ ކުރީ ކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. ހޮޅިދަނޑިއަށްވެސް ވަރަށް ބޮޑަށް އަރިވެފަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކުރިމަތީގައި ހިނގި މިއެކްސިޑެންޓްގައި ހޮޅިދަނޑީގައި ޖެހިފައިވަނީ ގްރީން ޓެކްސީ ސެންޓަރުގައި ދުއްވާ ކާރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައިއެއް ނުވެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ