ޤާރީ ދޫކޮށްލުމުން ދައުލަތުން އަނެއްކާވެސް އިސްތިޢުނާފު ކޮށްފި

6 ޖެނުއަރީ 2013 0

އިހަވަންދޫގެ ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރު ކުރި ވަފާ ޤުރުއާން ކްލާހުގެ މުދައްރިސް އަލްޙާފިޡް އަލްޤާރީ ސައްޔިދު ޚަލީޤު ބަންދުން ދޫކޮށްމުން ދައުލަތުން އިސްތިޢުނާފު ކޮށްފި އެވެ.

ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ 20 ޑިސެމްބަރ 2012 ވަނަ ދުވަހު ހއ. ވަށަފަރު މެޖިސްޓްރޭޓް ކޯޓުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޯޓުން ޚާލިޤު ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުވެފައިވާ މައްސލައިގެ ތަހުގީގު ނިމިފައިވާތީ އާއި ބަންދުގެ މުއްދަތު އިތުރުކުރުމަށް އެ ކޯޓަށް ޙާޒިރުކުރި އިރު ކުރިން ނެރެފައިވާ އަމުރުގެ މުއްދަތު ފަހަނައަޅާފައި ވާތީ ކަމަށެވެ.

ވަށަފަރު ކޯޓުން އޭނާ ދޫކޮށްލުމަށް ޢަމުރުކުރި ނަމަވެސް އެ ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ވަކި ޝަރުތުތަކެއްގެ މަތިން ކަމަށް މަޢުލޫމާތު ލިބެ އެވެ. މި ގޮތުން ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް ގެއިން ބޭރަށް ނުނިކުތުމަށާއި، އޭނާ ކުރިން ދިރިއުޅުނު ގެއަށް ނުވަނުމަށް ޝަރުޠުކޮށްފައިވާ ކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން އިހަވަންދޫ ޑޮޓްކޮމް އަށް މަޢުލޫމާތު ދިނެވެ.

ޤާރީ ދޫކޮށްލުމަށް ވަށަފަރުން ކޯޓުން ނެރެފައިވާ ޢަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ ޢަމުރެއް ކަމަށް ބުނެ އެ ޢަމުރު ދައުލަތުން ވަނީ އިސްތިޢުނާފު ކޮށްފަ އެވެ. މި އިސްތިޢުނާފުގެ އަޑުއެހުމެއް މާދަމާގެ ވަގުތެއްގައި ހައިކޯޓުގައި އޮންނާނެ ކަމަށް ވެސް މަޢުލޫމާތު ލިބެ އެވެ.

މީގެ ކުރިން ވެސް ޤާރީ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. އެ ފަހަރު ވެސް ދައުލަތުން ވަނީ އިސްތިޢުނާފު ކޮށްފަ އެވެ. އެފަހަރު ހައިކޯޓުން ކަނޑައަޅާފައި ވަނީ އޭނާ ދޫކޮށްލަން ޢަމުރު ކުރީ ޤާނާނާ ޚިލާފަށް ކަމަށެވެ.

ބަދުއަޚްލާޤީ މައްސަލަ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ