[HEADER BANNER]
[AD]

އިމަގު ރޯދަ ހަދިޔާ ޕްރޮގްރާމް މިއަދު ފަށަނީ

28 މެއި 2017 0

ދީނީ މަޢުލޫމާތު ހޯދުމަށް ބާރު އެޅުމަށާއި ދީނީ ހޭލުންތެރިކަން އިތުކުރުމަށާއި ދީނަށް ލޯބި ޖެއްސުމަށް އަމާޒުކޮށްގެން މިދިޔަ އަހަރު ރޯދަމަހު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިއަށް ގެންދިޔަ "ރޯދަ ހަދިޔާ" ޕްރޮގްރާމް މި ރޯދަމަހު ވެސް ކުރިއަށް ގެންދިއުމަށް ނިންމައި، އެ ޕްރޮގްރާމް މިއަދު ފެށުމަށް ނިންމައިފިއެވެ.

ރޯދަ ހަދިޔާ ޕްރޮގްރާމަކީ ކޮންމެ ދުވަހަކުވެސް އިމަގު ފޭސްބުކް ޕޭޖުގައި ގެނެސްދޭ ދީނީ ސުވާލަކަށް އެސް.އެމް.އެސްގެ ޒަރީއާއިން ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފްތާއަކު އެއްފަހަރު ނަގާ ގުރުލުމުގައި ނަސީބު ދިމާވާ ފަރާތަކަށް ހަދިޔާއެއް، އަދި މުޅި އެ ޕްރޮގްރާމްގެ ނަސީބުވެރިޔާއަށް ފައިސާގެ އިނާމެއް ދޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިމަގު ޖަމިއްޔާގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ޢަބްދުއްލަޠީފް މި ނޫހަށް ވިދާޅުވީ، ރޯދަ ހަދިޔާގެ މި އަހަރުގެ ޕްރޮގްރާމް ފުރަތަމަ ސުވާލު މާދަމާ އާންމު ކުރާނެ ކަމަށާއި، މި އަހަރުވެސް ކޮންމެ ހަފްތާއަކު އެއްފަހަރު އަގުހުރި ހަދިޔާއެއް ލިބިގެން ދާނެ ކަމަށާއި އަދި މުޅި އެ ޕްރޮގްރާމްގެ ނަސީބުވެރިޔާއަށް ތިން ހާސް ރުފިޔާގެ އިނާމެއް ދޭނެ ކަމަށެވެ.

މުޙައްމަދު އިތުރަށް ވިދާޅުވީ މި ދިޔަ އަހަރެކޭވެސް އެއްފަދައި، މި އަހަރުވެސް ވީހައިވެސް ގިނަ އިހަވަންދޫ ރައްޔިތުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނުހަނު އެދޭ ކަމަށެވެ.

އިމަގު ޖަމިއްޔާއިން ވަނީ މި އަހަރުގެ ރޯދަމަހާ ދިމާކޮށް މިސްކިތްތައް މަރާމާތުކުރުމަށް ބޮޑު މަޝްރޫޢެއް ކުރިއަށް ގެންގޮސްފައެވެ. އަދި މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންނަށް ޚާއްޞާކޮށްގެން މުޅިން އަލަށް ބޮޑު މާހެފުމެއް ވެސް ބާއްވާފައެވެ.

[BOTTOM CONTENT BANNER]
އިމަގު ޖަމިއްޔާ, އިމަގު ރޯދަ ހަދިޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ