މިފަހަރު ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު

1438 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެއްސެވުމަށް ސަޢޫދީ ޢަރަބިއްޔާ އަދި ޔޫއޭއީން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ކަދުރު ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރުގެ މަގުންބެހުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން މިކަމާއި ގުޅިގެން މިއަދުކުރި އިއުލާނުގައިވަނީ މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުންކަމަށެވެ.

އެއިއުލާނުގައި ވާގޮތުން ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށްފަހުއެވެ. އެގޮތުން ގޭބީސީއެއްގެ ސައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލެވެ. މީގެ އިތުރުން ކަދުރާ ޙަވާލުވަން ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުވެސް ގެންނާންޖެހެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މެދުވެރިކޮށް މާލެއާއި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށެވެ. މީގެ އިތުރުން ރަށްރަށަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހު އިހަވަންދޫއަށް ބަހަން ފޮނުވާފައިވަނީ 14 ކޭސް ކަދުރެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މީހެއްގެ އަބުރާ ތިބެހުނީ․

– 25 މެއި 2017 0