ސުވައިން ފުލޫގެ ސަބަބުން ބަންދު ކުރި ސުކޫލުތަކުގެ ކިޔެވުން އަލުން ފަށަނީ

30 މާރިޗު 2017 0

ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުންދާތީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު، އަންނަ ހަފްތާގެ އާދީއްތަ ދުވަހު އަލުން ސްކޫލްތައް ހުޅުވާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެދިއުކޭޝަން މިނިސްޓުރީން މީގެ ގަޑިއެއްހާ އިރު ކުރިން  ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލެއާއި ބައެއް އަތޮޅުތަކުގައި ފެތުރެމުންދިޔަ ރޯގާއާ ގުޅިގެން 2017 މާރިޗް 28 ގައި މެދުކަނޑާލެވުނު ސްކޫލު މަދަރުސާތަކުގެ ކިޔެވުން، އަލުން ފެށުން އެންމެ ރަނގަޅުކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެހެން ކަމުން، 2017 އެޕްރީލް 2 ވާ އާދިއްތަ ދުވަހު ރާއްޖޭގެ ސުކޫލު މަދަރުސާތަކުގެ ކިޔެވުން ފަށަން މިނިސްޓުރީން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓުރީގެ ނޫސަބަޔާނުގައި ވެއެވެ.

އަދި މިފަދަ ކަންކަމާއި ގުޅިގެން ދަރިވަރުންނަށް ގެއްލޭ ފިލާވަޅުތައް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް، ސުކޫލުތަކުން ހަމަޖައްސަވާނެ ކަމަށް މިނިސްޓުރީން ވަނީ ބުނެފައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ